އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވުން

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ، މިއީ 21 ވަނަ މަރު!

  • މަރުވީ އުމުރުން 77 އަހަރުގެ އަންހެނެއް
  • މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލީގައި މަރުވި 2 ވަނަ މީހާ
  • އިއްޔެވެސް ވަނީ މީހަކު ކޮވިޑް ޖެހިގެން މަރުވެފައި

ކ. މާލެ | 12 އޯގަސްޓް 2020 | ބުދަ 11:20 | 9,489

އާރްއާރްޓީ ޓީމުން މަގުތަކުގައި ހަރަކާތްތެރިވަނީ - ރާއްޖެއެމްވީ

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނީ އޭނާ ނިޔާވީ ބުދަ ދުވަހުގެ 9:20 ހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަނުން ހިއްސާ ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިއްޔެ ވަނީ އިތުރު 66 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންގެ ތެރެއިން އިންޑިއާގެ ދެ މީހުން ކަމަށެވެ. މި އަދަދުތަކާއި އެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 5223ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މި ވަގުތު އުޅެނީ 2354 ކޭސްއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ، މި ވަގުތު ފަރުވާދެމުންދަނީ 148 މީހުންނެވެ. ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 2849ށް އަރާފައެވެ.

އަންގާރަ ދުވަހު ވެސް ވަނީ، މި ބަލީގައި އުމުރުން 67 އަހަރުގެ މީހަކު ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.