ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 12:50
ރައީސް ސޯލިހު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ސޯލިހު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޓްވިޓަރ
ތިނަދޫ ބަނދަރުގެ މަސައްކަތް
މިދިޔަ އަހަރު ރައީސް ތިނަދޫއަށް ވަޑައިގަތުމުން މަސްވެރިން އެދުނީ ބަނދަރު މަރާމާތް ކުރުމަށް، އަހަރެއް ނުވަނީސް ހައްލު ހޯދައިދީފި!
 
މިއީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ނަމުނާ މިސާލެއް
 
އައިސްޕްލާންޓް ބަނަދރު ހަލާކުވެފައި އޮތުމުގެ ޝަކުވާ ގިނަ މަސްވެރިން ކުރޭ
 
މަސައްކަތް ނިންމާފައިވަނީ 154 ދުވަހުގެ ތެރޭގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ތިނަދޫއަށް ވަޑައިގަތުމުން މަސްވެރިން އެންމެ ބޮަޑަށް ދަތިވި ކަމަށް ފާހަގުކުރި ބަނދަރު، އަހަރެއް ނުވަނީސް މަރާމާތުކޮށް އިތުރަށް ތަރައްގީކޮށް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އަމަލީ މަސައްކަތް ފެށިފައިވަނީ މި އަހަރުގެ މާރޗް މަހުގެ 4 ވަނަ ދުވަހުގައެވެ. އަމަލީ މަސައްކަތް ފެށިތާރީހުން ފެށިގެން ޖުމްލަ 154 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ މި މަހުގެ 4 ވަނަ ވަނީ މަސްވެރިންގެ ތަކުލީފުތަކަށް ހައްލު ހޯދައިދީ ތިނަދޫ އައިސް ޕްލާންޓް ބަނދަރު ހަވާލު ކޮށްފައެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކީ މަސްވެރިކަމުގެ ނަފާއިން ދިރިއުޅޭ ބަޔަކަށް ވެފައި އަދި ހުވަދު އަތޮޅަކީ މަސްވެރިކަން ކުރާ އެންމެ މަޝްހޫރު އަތޮޅަށް ވުމާއި އެކު އަތޮޅު ވެރިކަން ކުރާ ރަށް، ތިނަދޫއަށް އައިސް ހޯދުމުގައި ގިނަ މަސްވެރިންތަކެއް ދެއެވެ.

މި މަޝްރޫއު ނިންމާފައިވާއިރު، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ވަނީ މިދިޔަ އަހަރު ރައީސް ސޯލިހު ތިނަދޫއަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯއެއް ހިއްސާކުރައްވައި އެއިރު އޮތް ހާލަތުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އަދި އެދުވަހު ވެސް މަސްވެރިން ރައީސްގެ އަރިހުން، ބަނދަރު ހަލާކުވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި އޮޑިފަހަރު ކައިރި ކުރަން އުޅޭ ވަގުތު އޮޑިފަހަރުތަކަށް އެކި ވަރުގެ ގެއްލުން ލިބޭކަން ހިއްސާކޮށް އެކަން ހައްލު ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތައް ސަރުކާރުން ޙަރަދުކޮށްފައިވަނީ 21.04 މިލިއަން ރުފިޔާއެވެ. ތިނަދޫ އަކީ ގާތްގަނޑަކަށް 10 ހާސް މީހުންގެ އާބާދީއއް އޮންނަ ރަށެކެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ބޭނުން ކުރާ ރަށަކަށް ވެފައި ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދުމަށް އެރަށަށް އަންނާތީ ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެއެވެ.

އެމްޓީސީސީން އަންނަނީ އެ ރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ވެސް ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
20%
80%
0%
0%
0%
0%
ކޮމެންޓް