ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 08:56
މާފަރު އިންޓަރނޭޝެނަލް އެއަރޕޯޓުން
މާފަރު އިންޓަރނޭޝެނަލް އެއަރޕޯޓުން
މޯލްޑިވިއަން
މާފަރު އެއަރޕޯޓު
ބޯޑަރު ހުޅުވި ފަހުން މާފަރު އެއަރޕޯޓުން 10 ޖެޓަކަށް ހިދުމަތް ދީފި
 
އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު މި އެއަރޕޯޓަށް ޖެއްސޭ
 
ބޯޑަރުތައް އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު

ބޯޑަރުތައް އަލުން ހުޅުވާލިފަހުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 10 ޖެޓަކަށް ހިދުމަތް ދީފައިވާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ބޯޑަރުތައް އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ނ. މާފަރަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ފަށާ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫ އަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްޜޫޢެކެވެ. އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ.

0%
67%
0%
33%
0%
0%
ކޮމެންޓް