އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޮވިޑް-19ގެ ވެކްސިން

ޑަބްލިޔުއެޗްއޯއިން ރަޝިޔާ އިން އުފެއްދި ކޮވިޑް-19ގެ ވެކްސިނަށް ޕްރީ ކޮލިފިކޭޝަން ދިނުމަށް މަޝްވަރާ ކުރަނީ

  • ވެކްސިންގައި ބަލަންޖެހޭ ކަންކަން ބެލުމަށް މަޝްވަރާ ދަނީ މަޝްވަރާ ކުރަމުން
  • ކިހައި ރައްކާތެރި އެއްޗެއްތޯ ބެލުމަށް ޓެސްޓުތައް ހަދާނެ
  • ކޮވިޑް-19އަށް އެންމެ ފުރަތަމަ ވެކްސިން އުފެއްދި ގައުމަކީ ރަޝިޔާ

ކ. މާލެ | 12 އޯގަސްޓް 2020 | ބުދަ 07:11 | 12,328

ޑަބްލިޔުއެޗްއޯއިން މިހާރު ދަނީ ރަޝިޔާގެ ސިއްހީ ދާއިރާގެ ވުޒާރާތަކާއެކު މަޝްވަރާތައް ކުރަމުން - ރޮއިޓަރސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ރަޝިޔާއިން އުފެއްދި ކޮވިޑް-19ގެ ވެކްސިނަށް ޕްރީ ކޮލިފިކޭޝަން ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފިއެވެ.

އަންގާރަ ދުވަހު ޑަބްލިޔުއެޗްއޯގެ ސްޕޯކްސްޕާރސަން ތާރިކް ޖަރސަރެވިކްއާ ހަވާލީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ ވެކްސިންގައި ބަލަން ޖެހޭ ކަންކަން މިހާރު ބެލުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެގޮތުން ޑަބްލިޔުއެޗްއޯ އާއި ރަޝިޔާގެ ސިއްހީ ދާއިރާގެ ވުޒާރާތަކާ މެދު ކޮވިޑް ވެކްސިން އަށް ޕްރީ ކޮލިފިކޭޝަން ދިނުމަށް ބަލަން ޖެހޭ ކަންތައްތައް ބަލަން މަޝްވަރާ ކުރަމުންދާ ކަމަށް ސްޕޯކްސްޕާރސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ޕްރީ ކޮލިފިކޭޝަންގައި ހަދަންޖެހޭ ޓެސްޓުތައް ހަދައި އޭގެ ނަތީޖާތައް ދިރާސާކޮށް ބޭނުން ކުރުމަށް ކިހާ ސަލާމަތްތެރި ވެކްސިންއެއްތޯ ޔަގީން ކުރުމަށްޓަކައި ޓެސްޓު ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ރަޝިޔާ އިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފުރަތަމަ ގައުމަކީ ރަޝިޔާ ކަމަށް އެގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. ވެކްސިން ދޭން ފެށި އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުންކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ވައިރަހުން ދިފާއުވުމުގެ ބާރު މި ވެކްސިންގައި ހުންނަ ކަމަށް ޕުޓިން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.