އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެފް އެސް އެމް އިޒީފިލްގެ ޚިދުމަތް

އެފްއެސްއެމް އީޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި

  • އީޒީފިލް 3 ހުޅުމާލެއިން ނަގުދު ފައިސާ އަދި ކާޑުން ފައިސާ ދެއްކޭނެ
  • މިއީ ރައްކާތެރިވުމަށް އެޅިފިޔަވަޅެއް

ކ. މާލެ | 12 އޯގަސްޓް 2020 | ބުދަ 07:08 | 2,717

އެޗްޕީއޭގެ ލަފަޔާއި އެއްގޮތަށް އެޅުނު ފިޔަވަޅެއް ކަމަށް އެފް އެސް އެމް އިޒީފިލްއިން ބުނޭ - ރާއްޖެއެމްވީ

އެފްއެސްއެމް އިޒީފިލް 2 އަދި 4 އަކުން ހަމައެކަނި ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

އެފްއެސްއެމް އިން ބުނީ ހޯމަ ދުވަހުން ފެށިގެން އެފްއެސްއެމްގެ އީޒީފިލް 2 (ކާނިވާ ސަރަހައްދު) އަދި އީޒީފިލް 4 (މާލޭ އިންޑަސްޓްރިއަލް ވިލެޖް) އިން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށެވެ.

ނަމަވެސް އެފްއެސްއެމްގެ އީޒީފިލް 1 (ސްޓެލްކޯ ސަރަހައްދު) އަދި އީޒީފިލް 3 ހުޅުމާލެ (ހުޅުމާލެ) އިން ނަގުދު ފައިސާ އަދި ކާޑުން ފައިސާ ދެއްކޭނެ ކަމަށް އެފްއެސްއެމް އިން ބުނެފައިވެއެވެ.

އެފްއެސްއެމް އިން ބުނީ މި ބަދަލު ގެނެވުނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާއި އެއްގޮތަށް ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.