ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 23:30
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ
މަޖިލިސް
ލޯންތަކަށް ގެރެންޓީދިނުން
ލޯންތަކަށް ގެރެންޓީދީފައި ހުރީ ޤާނޫނުތަކުގެ ތެރެއިން: އޮޑިޓަރ ޖެނެރަލް
 
2016 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މިގޮތަށް ދީފައިވާ ގެރެންޓީތަކުގެ ކަންކަން ކޮށްފައިހުރި ގޮތުގެ އޮޑިޓެއް ހަދާފައިވޭ
 
ފިނޭންސުން ގެރެންޓީ އާއި ދަރަނީގެ ރިޕޯޓް ހުށަހަޅަމުންދޭ

ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީން ކަންކަންކޮށްފައި ހުރީ ޤާނޫނުތަކުގެ ތެރެއިންކަމަށާއި އެކަމުގައި ގޯސްތަކެއް ހަދާފައިހުރި ކަމަށް އޮޑިޓްތަކުން މިހާތަނަށް އައިއިރު ފާހަގަވެފައިނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަނި ސާފުނުވާތީ އެކަމާއި ގުޅިގެން އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރަންޓީތައް އޮޑިޓް ކުރަންތޯ މެންބަރުން ސުވާލު ކުރެއްވުމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ޤާނޫނުން ފިނޭންސް މިނިސްޓްރީއަށް ޑޭޓާއި ގެރެންޓީގެ ހިސާބު އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުމަށް ލާޒިމްކުރާ ކަމަށެވެ. އެގޮތުން ފިނޭންސުން ގެރެންޓީ އާއި ދަރަނީގެ ރިޕޯޓް ހުށަހަޅަމުންދާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ގެރެންޓީތަކުގެ އޮޑިޓް ކުރިޔަށް ގެންދޭ. ފައިނޭންޝަލް ސްޓޭޓްމަންޓް އޮޑިޓެއް. ފައިނޭންޝަލް ސްޓޭޓްމަންޓް އޮޑިޓްގައި އަޅުގަނޑުމެން މިބަލަނީ ގެރެންޓީތައް ދީފައިހުރި ކިހިނެއްތޯ. މާލިއްޔަތު ޤާނޫނާއި އަދި ފިސްކަލް ރެސްޕޯންސިބަލް ގާނޫނާއި އެއްގޮތަށްތޯ. އަޅުގަނޑުމެން ބެލިބެލުމުގައި ލީގަލް ފްރޭމް ވޯރކް ތެރެއިން ގަވާއިދެއް ހަދައިގެން އެބައޮތޭ އެނގޭތޯ އެބޭފުޅުން މީގެއިތުރުން ސެކިޔުރިޓީޒް ބަހައްޓާފައި މާނައަކީ ކޮއިލެޓްރަލް ކޮށްފައި އަދި އެޕްރޮޖެކްޓާ ބެހޭ ފީސިބިލިޓީ ހަދާފައި އެކަން ހުއްދަ ދީފައި އެބައޮތް ފިނޭންސް މިނިސްޓްރީން.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

ޒިޔަތު ވިދާޅުވީ 2016 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މިގޮތަށް ދީފައިވާ ގެރެންޓީތަކުގެ ކަންކަން ކޮށްފައިހުރި ގޮތުގެ އޮޑިޓެއް ހަދާފައިވާ ކަަމަށެވެ. އަދި ރިޕޯޓް ފައިނަލްކުރެވިފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގައި މިރިޕޯޓް ޕަބްލިޝް ކުރާނެކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ ސޮވަރިން ގެރަންޓީ ދޭ ލޯނުތައް ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކާ އެކަން ކުރިއަށް ދާ ގޮތްވެސް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިފަހަރު ބަޖެޓް ކޮމިޓީގައި ވެސް އެ ވާހަކަ ދަންނަވާފައި ވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އެފަދަ އޮޑިޓްތައް ކުރާއިރު ހަމައެކަނި ބަލަންވީ ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ވެފައި ހުރިތޯ ނޫން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޕާފޯމެންސް ސައިޑެއް ނޫން އޮޑިޓްގައި މި ބެލެނީ. އެކަމަކު އެއީ ބަލަން ޖެހޭ ކަމެއް. މިފަހަރު ބަޖެޓްގައި ވެސް އަޅުގަނޑުމެން ދެންނެވިން ގާތްގަނޑަކަށް އާމްދަނީގެ 30 ޕަސެންޓް ޑެޓް ފައިނޭންސް ކުރާ ހިސާބަށް ގޮސްދާނޭ. އެކަމަކު އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން އޮޑިޓްގައި ދާން އެބަޖެހޭ ދުރު ރާސްތާ ޕްލޭނާ މި ކަންކަމަށް
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

ޒިޔަތު ވިދާޅުވީ ދައްކަން ޖެހޭނެ ދަރަނިތައް ދެއްކޭނޭ ގޮތްތައް މިހާރުއްސުރެ ކުރިއާލާ ދުރާލާ ރާވަން ޖެހޭ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރި އެ ގެރެންޓީއަކީ "ސަން ސިޔާމް ހޯލްޑިންގްސް"އަށް ދައުލަތުން ދީފައިވާ ގެރެންޓީއާ ގުޅޭ މައްސަލައެވެ. އެކަމާއި ގުޅޭގޮތުން ޒިޔަތު ވިދާޅުވީ އެކަންކޮށްފައިވަނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ