ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 19:05
ޕީއެސްޖީގެ ގޯލްކީޕަރު އަލްފޯންސް އަރިއޯލާ
ޕީއެސްޖީގެ ގޯލްކީޕަރު އަލްފޯންސް އަރިއޯލާ
ގެޓީ އިމޭޖަސް
ޗެލްސީން އަރިއޯލާއަށް ފާރަލުން
އަރިއޯލާ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަނީ
 
އަރިއޯލާގެ ލޯނު މުއްދަތު ހަމަވުމުން ރެއާލުން ވަނީ އޭނާ ދޫކޮށްލުމަށް ނިންމާފައި
 
އަރިއޯލާ ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ނުވަ މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާފައި

ރެއާލް މެޑްރިޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ޕީއެސްޖީގެ ގޯލްކީޕަރު އަލްފޯންސް އަރިއޯލާ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރެއާލާ ލޯނު އެއްބަސްވުމެއްގެ ދަށުން އަރިއޯލާ ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ނުވަ މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާފައެވެ. އެކަމަކު އަރިއޯލާގެ ލޯނުގެ މުއްދަތު ހަމަވުމާއެކު ރެއާލުން މިހާރު ވަނީ އޭނާ ދޫކޮށްލުމަށް ނިންމާފައެވެ.

ރެއާލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަރިއޯލާގެ ލޯނުގެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށާއި، އޭނާ ރެއާލަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާއަށް ކުރިމަގުގައި އިތުރު ކާމިޔާބަށް އެދޭ ކަމަށްވެސް ރެއާލުން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 27 އަހަރުގެ އަރިއޯލާ ހޯދުމަށް ޗެލްސީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އަރިއޯލާގެ އެޖެންޓާ ޗެލްސީން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ޗެލްސީއަށް ބަދަލުވުމަށް އަރިއޯލާވެސް ބޭނުންވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ޗެލްސީގެ ހުށަހެޅުން އަރިއޯލާ ގަބޫލުކުރާނެ ކަމަށް ބެލެވޭއިރު، އަރިއޯލާގެ އަންހެނުން ވަނީ ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައި ލަންޑަނަކީ އެ މީހުން ދިރިއުޅުމަށް ވިސްނި ސިޓީއެއް ކަމަށާއި އެކަން ހަގީގަތަކަށް ވާން އުޅޭ ކަމަށް ބުނެފައެވެ.

ޕީއެސްޖީން ކެރިއަރު ފެށި އަރިއޯލާ ވަނީ އެ ކްލަބުގައި ހޭދަކުރި ފަސް ސީޒަނުގައި 107 މެޗު ކުޅެދީފައެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލްގެ އިތުރުން ވިޔަރެއާލަށްވެސް ކުޅުނު އަރިއޯލާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ކާމިޔާބުުރުމުގެ އިތުރަށް، ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތަރު ފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް