ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 13:16
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: އަގު ބޮޑުކޮށް ކޮންފަރެންސް ހޯލެއް ހެއްދެވިކަމަށް ވިދާޅުވެ، ގިނަ ފާޑުކިޔުންތައް އަމާޒުވި
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: އަގު ބޮޑުކޮށް ކޮންފަރެންސް ހޯލެއް ހެއްދެވިކަމަށް ވިދާޅުވެ، ގިނަ ފާޑުކިޔުންތައް އަމާޒުވި
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލް
ރީތި ކޮންފަރެންސް ރޫމެއް ހެދި ސަބަބު މިއޮތީ!
 
ކޮންފަރެންސް ހޯލް ކުށްޔަށް ދޫކޮށްގެން ހެލްތް ފަންޑަށް ފައިސާވެސް ހޯދޭނެ
 
ކޮންފަރެންސް ހޯލް ހެދުމަށް ޚަރަދުވީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ
 
ހެލްތް މިނިސްޓްރީން މިދިއަ 2019 ވަނަ އަހަރު އިވެންޓްތައް ބޭއްވުމަށް ތަންތަން ކުށްޔަށް ހިފުމާއި ކަންކަމަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި

ހެލްތް މިނިސްޓްރީ ހިންގަމުން އަންނަ، ރޯޝަނީ ބިލްޑިންގގަ ރީތި ކޮންފަރެންސް ރޫމެއް ހެއްދެވީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ވަޑައިގެން، ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ، އަދި މިދަނޑިވަޅުގައި ބޮޑެތި ޚަރަދުކޮށް، ގަނޑުވަރު ފެންވަރުގެ ކޮޓަރިކޮޅު ހެއްދެވި ކަމަށް ވިދާޅުވުމާއި ގުޅިގެން މި މައްސަލަ އޮތީ ހޫނުވެފައެވެ.

ހެލްތް މިނިސްޓްރީއަށާއި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނަށް ރައްދުވި، ވާހަކަތަކާއި ގުޅިގެން، "ރާއްޖެޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވަނީ މި ކޮންފަރެންސް ރޫމް އަޅަން ޖެހުނު ސަބަބު ހާމަކުރައްވާފައެވެ.

އެގޮތުން ފުރަތަމަ ސަބަބެއްކަމަށް އަމީން ވިދާޅުވީ، މިނިދިއަ 2019 އަހަރު ހެލްތް މިނިސްޓްރީން އިންތިޒާމުކޮށް، ބޭއްވި އިވެންޓްތަކަށް ތަންތަން ކުއްޔަށް ހިފުމަށާއި އެފަދަ ކަންކަމަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޙަރަދު ކުރަންޖެހުމާއި ކޮންމެ ކޮންމެ އަހަރަކު މިފަދަ ބޮޑެތި ޚަރަދުތައް ކުރުމަށްވުރެ، ރަނގަޅު އިންތިޒާމުތަކެއް މިނިސްޓްރީގެ ތެރޭގައި ގާއިމު ކުރުން ކަމަށެވެ.

2019 ވަނަ އަހަރު މެދެކާ ހިސާބަށްއައި އިރު އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، އަޅުގަނޑުމެންގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ވަރަށް ގިނަ ޖަލްސާތަކާއި ވަރަށް ގިނަ އިވެންޓްތައް ބޭއްވިން، އެ އިވެންޓްތަކަށްދިޔަ ޚަރަދުތަކަކީ ވަރަށް ބޮޑު ޚަރަދެއް. އަޅުގަނޑު ހިސާބުކޮށްލިއިރުގައި 2019 އަހަރު 11 މިނިއަނެއްހާ ރުފިޔާ، އިވެންޓްތަކާއި ފަންކްޝަންތަކާގުޅޭ ކަންކަމަށް ޚަރަދު ކުރެވިފައި އެބަހުރި. އެހެންވީމާ މިފަދަ ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ހިނގާކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޚަރަދެއް. އެހެންވީމާ އެޚަރަދުތައް ކުޑަކުރުމަށް، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންގެ ވިސްނުމާއެއްގޮތަށް ކޮންފަރެންސް ރޫމެއް ހެދީ
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ދެވަނަ ކަމެއްގެ ގޮތުގައި އަމީން ވިދާޅުވީ، އެ ކޮންފަރެންސް ހޯލް ކުއްޔަށް ދޫކޮށްގެން ހެލްތް ފަންޑަށް ފައިސާ ހޯދުމާއި، މިނިސްޓްރީގެ ބޭނުމަށް ޖަލްސާއަށް ބޭއްވުމަށް ނުވަތަ ކޮންފަރެންސެއް ބޭއްވުން ނުވަތަ އިވެންޓެއް ބޭއްވުމަށް އޮތް ފަސޭހަތަކަށްޓަކައި، އެ ކޮންފަރެންސް ހޯލް ހެލްތް މިނިސްޓްރީގެ އިމާރާތުގައި ގާއިމު ކުރެވެން ހުރުމުން އެކަން ކުރުމުގެ ބޭނުމުގައި ކަމަށެވެެ.

ދެވަނަ މަގްސަދަކީ ހެލްތްގެ ކަންކަމަށް ޚަރަދު ކުރުމަށް ހުރޭ އަބަދުވެސް ގޮންޖެހުންތައް. ހެލްތް ފަނޑެއްވެސް އޮވޭ. ހެލްތް ފަންޑަށް އާމްދަނީ ހޯދުމަކީ އަޅުގަނޑުމެން ހާގީގަތުގައި 2020 ވަނަ އަހަރަށް ވަރަށް ބޮޑަށް އަމާޒު ހިފިކަމެއް. އަޅުގަނޑުމެންގެ ކޮންފަރެންސް ފެސިލިޓީއެއް ހުރެއްޖެކަމަށްވާނަމަ، ޖަލްސާއެއް ނުވަތަ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ޖެހުނަސް ތަނެއް ހޯދުމުގެ ދަތިކަމަށް ހައްލެއް އަންނާނެ. އަދި އެފަންޑަށް (ހެލްތް ފަންޑް) ފައިސާ ހޯދުމަކީ ވެސް އަޅުގަނޑުމެންގެ އެއް އަމާޒު. އެހެންވީމާ އަޅުގަނޑުމެންގެ ޚަރަދު ކުޑަކުރެވި، ފަންޑަށް އިތުރަށް ފައިދާ ވާކަމަށްވާނަމަ އެއީ ކަންކަން އިންތިޒާމު ކުރުމުގައި ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ހެލްތް މިނިސްޓްރީގައި ރީތިކޮށް ކޮންފަރެންސް ހޯލެއް ހެދުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމީނަށާއި މިސަރުކާރަށް އަމާޒު ވެގެން ދިޔައެވެ.

ނަމަވެސް، އަމީން އެވިދާޅުވި ގޮތަށް، ކޮންމެ އަހަރަކު 11 މިލިއަން ނުވަތަ 12 މިލިއަން ރުފިޔާ ޖަލްސާތަކާއި ކޮންފަރެންސްތައް ބާއްވަން ތަންތަން ހިފުމާއި އެފަދަ ކަންކަމަށް ޚަރަދު ކުރަންޖެހޭއިރު، ހެލްތް މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގގައި މިފަދަ ތަނެއް ބިނާކުރުމަކީ ހަރަދުކުޑަ ވާނެ ކަމެކެވެ.

ކަމެއް ކުރާއިރު އެކަމެއް ރީތިކޮށް ފުރިހަމައަށް ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކުރަންޖެހޭކަމެއް. އަޅުގަނޑުމެން އަތޮޅުތެރޭގައި ގާއިމު ކުރާ ހޮސްޕިޓަލުތައްވެސް ރާއްޖޭގެ ތާރީހުން ނުފެންނަހާފަދަ ފުރިހަމައަށް ރީތިކޮށް ހޮސްޕިޓަލުތައް ހުންނާނީ، ތަންތަން ޑިޒައިން ކުރެވި ބައްޓަން ކުރެވިގެންދާނީ ޒަމާނަށް ފެތޭގޮތަށް، އޭގެ ސަބަބުން ދުރު މުސްތަގްބަލަށް ޚަރަދުވެސް ކުޑަވާނެ، ހިދްމަތުގެ ފެންވަރުވެސް ރަނގަޅުވާނެ، މީހުންނަށް ރަނގަޅު ހިދްމަތްތަކެއް ލިބޭނެ، އަނެއްކަމަކީ ރަނގަޅު ގޮތުގައި ކަންކަން ނުކުރީމައި، މަރާމާތުގެ ގޮތުގައި އަހަރެއްގެ ތެރޭގައި ހިނގާ ހަރަދަކީ ހީވެސް ކުރާހާ ބޮޑެތި ޚަރަދުތައް، އެހެންވީމާ އެކަމުންވެސް ސަލާމަތްވާނެ
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

އަމީން ވިދާޅުވީ އެ ކޮންފަރެންސް ހޯލް ހެދުމަށް ޚަރަދުވީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު 11 މިލިއަން ނުވަތަ 12 މިލިއަށް ރުފިޔާ ޚަރަދުކޮށްގެން، ޖަލްސާތަކާއި ކޮންފަރެންސްތައް ބާއްވަން ތަންތަން ކުއްޔަށް ހިފައިގެން ޚަރަދު ކުރުމުގެ ބަދަލުގައި މިއީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
2%
73%
2%
18%
2%
3%
ކޮމެންޓް
12 އޯގަސްޓް 2020 | ބުދަ 19:35
ޔޫނުސް
ތިޔަ ތަނެއް ހެދިޔަސް އަދިވެސް އިވެންޓްތައް ބޭއްވެނީ ހަމަ ހޮޓެލް ޖެންގަ އެހެންނޫނީ މާގިރި ހޮޓެލްގަ އަނގައެއް އެބައޮތް އެއްޗެއް ކިޔަން ވާނެއެވެ
12 އޯގަސްޓް 2020 | ބުދަ 06:38
ކުރޮޅި
11 މިލިއަނޭ؟ މަހަކު އިވެންޓެއްތަ؟ ތީ ނާޗަރަންގީ ކުޅެ ތަނެއްތަ އެވަރަށް އިވެންޓު އޮންނަނި؟ ކޮންމެ އިވެންޓު ހޯލަކަށް ކުއްޔަށް ހިފަން މިލިއަނެކޭ ތިބުނީ؟ ހަމައެއްނުޖެހޭ ތިވާހަކަ
11 އޯގަސްޓް 2020 | އަންގާރަ 23:34
ތަން
ފުރަތަމަ އަހަރެއްގެ 7 މަސްވި އިރު 11 މިލިއަން ރުފިއާ އިވެންޓްތައް ބޭއްވުމަށް ހަރަދު ކޮށްފަ އޮތްވާހަކަ ބުނީމަ 2 ނުކުތާއެއް ފާހަގަ ކޮށްލަށް. ބައި އަހަރު ތެރޭގަ 11 މިލިއަން އިވެންޓްސް އަށް ބާއްވާނަމަ އޭގެން އެ ގެނީ 'ހަބަރު ހެދުމަށްޓަކާ" އިވެންޓް ބޭއްވުމޭ ތި ކުރިހާވެސް ކަމަކީ. އަޅުގަނޑު މިހެން މި ދެންނެވީ، މުޅިރާއްޛޭގަ އެކި ކަހަލަ ބައްދަލުވުންތައް، ރައްރަށުން މީހުން މާލެގެނެސްގެންނާ، ރިސޯޓް ތަކުގަޔާ ޖުމްލަ 3 އަހަރަކު ބޭއްވި މަސައްކަތް ތަކެއެް އަޅުގަނޑު ކުރިން. ޖުމްލަ އެކަންކަމަށް ހިނގި ހަރަޑު ދަންނަވަން ނޭގުނަސް ތިން އަހަރު ތެރޭގަ 3 މިލިއަންވެސް ހަރަދުވެފަ ނުވާނެކަން ޔަގީނާ ގާތަށް ދަންނަވަން އެނގޭ. ދެންއޮތީ، މިނިސްޓްރީން ތިހާ ވަރަށް ބައްދަލުވުން ބޭއްވި އިރު، ތިއަމާލަން ތިތާ ނެތީތޯ؟ ތިއީ އަމީނު ތިތަނަށް އައިސް އިތުރުކުރި ފޮލޯއެއްގަ އެޅި މާލަމެއްތޯ؟ އެހެންނެއް ނޫން ދެއްތޯ؟ ތިތަން އޭރުވެސް ހުރިތާ. އެހެން ވެއްޖިއްޔާ މިނިސްޓްރީގެ ބައްދަލުވުންތަކަށް ފުދޭމިންވަރެއްގަ ތިތަން ހުންނާނީވެސް. މަނަޔަކީ ތިއަ ހޭދަކުރި 11 މިލިއަނަކީވެސް އަދި ތިއަ ހޭދަކުރި 1 މިލިއަނަކީވެސް ހަމަ ބޭކާރު ހަރަދޭ!
10 އޯގަސްޓް 2020 | ހޯމަ 19:46
އައްޔަން
ތި 11 މިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ކެރޭނެތަ ރާއްޖެ ޓީވީއަށް ދެން ވެސް ކަންކަން ބާއްވާނި ހަމަ ރިސޯޓުގަ
10 އޯގަސްޓް 2020 | ހޯމަ 18:58
ޖޯކް
ދެން މި ދަނޑިވަޅުގައި ކުރުން ރަނގަޅެއްނޫން. އަދިވެސް ތިޔަތަން ހުއްޓސް ކުއްޔަށް ހިފާނެ. އަމިއްލަކޮޓަރިއަށް އެވަރަށް ހަރަދުކުރީވެސް ކުއްޔަށްދޭންތަ
10 އޯގަސްޓް 2020 | ހޯމަ 14:38
ވަރަށް ރަގަޅު ތެދުވާހަކައެއް.
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ