ކ. މާލެ
|
10 އޯގަސްޓް 2020 | ހޯމަ 07:27
މަސްވެރިން މަސްބާނަނީ
މަސްވެރިން މަސްބާނަނީ
ފިޝަރީސް މިނިސްޓްރީ
ކަޅުބިލަމަހުގެ އެކްސްޕޯޓް ވިޔަފާރި
ކަޅުބިލަމަސް ގަންނަން ބޭނުންވާ ކުންފުނިތަކަށް ހުއްދަ ދޫކުރަނީ
 
ވަކި ޙާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭ
 
ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީގަޑިތަކުގައި މިނިސްޓްރީގެ ކައުންޓަރުން
 
އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ލިބިގެންދާނެ

ރާއްޖެއިން ބާނާ ކަޅުބިލަމަހުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތު ތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އާދިއްތަ ދުވަހު ވަނީ ކަނޑައަޅާ އިޢުލާން ކޮށްފައެވެ. އަދި މިއީ ރާއްޖޭގެ ކަޅުބިލަމަހުގެ ވިޔަފާރި ރަނގަޅުކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަޤްސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިން ސަރުކާރު ރަސްމީގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ހުއްދަ ހޯދުމަށް އެދި ހުށައަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީގަޑިތަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނެވެ.

ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސްފަރާތަކުން މި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި ޙާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ. ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުތަކުގެ ތެރޭގައި 9 ކަމެއް ފާހަގަ ކޮށްފައިވެއެވެ.

އެއީ އަގު އެއްކުރުމުގެ ސިޔާސަތު، ޝޯ-ބޭސްޑް އިންވެސްޓްމަންޓް ޤާއިމްކުރުން، މަސްގަތުމުގައި ކަލެކްޓަރ-ބޯޓް ބޭނުން ކުރުން، މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕްރައިސް)، މަސްވެރިކަން ކުރުމަށް އިންވެސްޓް ނުކުރުން އަދި ދިވެހި އުޅަނދުން މަސް ގަތުން، ފޮރިން އިންވެސްޓްމަންޓް، ޕްރޫފް އޮފް ފައިނޭންސް އާއި ވަރކްޕްލޭން، ތަފާސް ހިސާބު ފޮނުވުން އަދި ހުއްދަ ހޯދުމުގެ މަރުހަލާތަކެވެ.

ރާއްޖޭގައި ކަޅުބިލަމަސް ގަނެ އެކްސްޕޯޓް ކުރުމުގެ ހުއްދަ މިހާތަނަށް ދޫކޮށްފައި ވަނީ ވަރަށް މަދު ކުންފުންޏަކަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގެއްލުން ވާކަމަށް، މަސްވެރިކަމުގެ ބިލް ޑްރާފްޓު ކުރުމުގެ މަރުހަލާގައި މައުލޫމާތު ދެއްވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް