އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އައްޑޫ ސިޓީ ކޮވިޑް-19

ހިތަދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

  • ޕޮޒިޓިވް ވެފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނެއް
  • މިއީ އައްޑޫ ސިޓީން ޕޮޒިޓިވްވި ތިންވަނަ މީހާ
  • އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައި

ކ. މާލެ | 10 އޯގަސްޓް 2020 | ހޯމަ 07:32 | 7,161

އައްޑޫ ސިޓީ - މިހާރު

އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ޓެސްޓުކުރީ ހިތަދޫގައި ފުރަބަންދު ފުރިހަމަކުރުމުން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިންނެވެ.

އައްޑޫ ސިޓީން މީގެ ކުރިން ވަނީ ދެ މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އައްޑޫ ސިޓީ ފޭދޫއަށް ޗުއްޓީއަށް ދިޔަ ފުލުހަކާއި، ހިތަދޫގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެކެެވެ. މިއާއެކު އައްޑޫ ސިޓީއިން މިހާތަނަށް ފެނުނު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

އައްޑޫ ސިޓީން ކޮވިޑްގެ ކޭސްތައް ފެނުމާއި ގުޅިގެން އެ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ލެވުނީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.