ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 22:30
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު
ރާއްޖެއެމްވީ
ފްރަންޓްލައިން ވޯކަރސް އެލަވަންސް
އިތުރު 825 މީހުންނަށް ފްރަންޓްލައިން އެލަވަންސް ދީފި
 
ވަންސް ދޫކޮށްފައިވަނީ ޖުމުލަ 1045 މީހަކަށް
 
ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައި ވަނީ މަރޗް މަހުން ފެށިގެން
 
މިނިސްޓްރީތަކުން އެމުވައްޒަފުން މައުލޫމާތު ޕޯޓަލްއަށް އެންޓަރ ކުރަން ޖެހޭވ

‏ކޮވިޑް-19 އާ ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް އިތުރު 825 މީހަކަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުރު 825 މީހަކަށް ފްރަންޓްލައިން އެލަވަންސް ދީފައިވާ ކަމަށާއި، މި ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ދޫކުރި އަދަދު 10.4 މިލިއަނަށް އަރާ ކަމަށެވެ.

މިހާތަނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދޫކުރެވިފައިވާ ފައިސާގެ ޖުމުލަ އަދަދަކީ 13.4 މިލިއަން ރުފިޔާއެވެ. ފްރަންޓްލައިން އެލަވަންސް ދޫކޮށްފައިވަނީ ޖުމުލަ 1045 މީހަކަށް ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ، ‏އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށެވެ.

ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި އެހެނިހެން ފަރާތްތަކަށް ދޭން ބުނެފައިވާ އެލަވަންސް ޖުލައި މަހުގެ މުސާރައާއެކު ޖަމާވާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން ބުނެފައިވެއެވެ.

އެގޮތުން އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް ޖަމާކުރުމުގައި މިނިސްޓްރީން އެ މުވައްޒަފެއްގެ މައުލޫމާތު އެންޓަރ ކުރަމުންދަނީ ވަކި ޕޯޓަލްއަކަށް ކަމަށާއި، މައުލޫމާތު އެންޓަރ ކުރުމުން ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، މުސާރަ ޖަމާވިއިރު ބައެއް ފަރާތްތަކުގެ އެލަވަންސް ޖަމާވެފައިނުވާތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.

ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ ނިމިދިޔަ މެއި މަހުގެ 7 ގައެވެ. އެކަން އިއުލާނުކުރައްވާ ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން "ފްރޮންޓްލައިން" އެލަވަންސެއް ދޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
33%
33%
0%
0%
ކޮމެންޓް
10 އޯގަސްޓް 2020 | ހޯމަ 04:33
ދޮންބެ
Dhin iru dhinee kihinehtho? Ehves salaameh naana dhuvaheh nethi 104 dhuvahu masahkaiy kuri meehakah 1500/-. Mi kihineh koh reytakun dhin laari eh baa? 500/-? 250/-? 200/-? Alhugadu beli belumun dhuvaalakah 14.42/- vanee. Keybayaku kaafi.