ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 21:23
އާރްޑީސީ ޗެއަރމަން އަކަށް އައްޔަންކުރެއްވި އަފީފް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއާ އެކު
އާރްޑީސީ ޗެއަރމަން އަކަށް އައްޔަންކުރެއްވި އަފީފް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއާ އެކު
ފޭސްބުކް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
މަގު ހަދާ ކުންފުންޏަށް ޗެއާމަނަކު އައްޔަން ކޮށްފި
 
ކުރިން މި ކުންފުނީގެ މަސައްކަތްތައް ކުރަމުން ދިޔައީ އެމްއާރްޑީސީން
 
އާރްޑީސީއަކީ މަގުހެދުމުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ކުންފުންޏެއް
 
އަފީފް އަކީ އެމްޑީޕީ ދެއްވަދޫ ދާއިރާގެ ރައީސް

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗެއަރމަން ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަންކޮށްފައިވަނީ ގއ. ދެއްވަދޫ ނަސްރީނުގެ، އަބްދުﷲ އަފީފްއެވެ. އަފީފް އަކީ އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅުކެވެ. އޭނާ އަކީ އެމްޑީޕީގެ ގެމަނަފުށީ ދާއިރާގެ ރައީސެވެ.

އާރުޑީސީއަކީ، މަގު ހެދުމުގެ މަސައްކަތްތައް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދާފައިވާ އައުއ ކުންފުންޏެކެވެ. އާރުޑީސީގެ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، ބްރިޖްތައް ތަރައްގީކޮށް އެ ތަންތަން ބެލެހެއްޓުމެވެ.

މި ކުންފުނީގެ މަސައްކަތްތައް ކުރިން ކުރަމުން ދިޔައީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުނި އުވާލުމަށް ފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތަކާއި މުވައްޒަފުން ވަނީ އޭރުގެ ހައުސިންގ މިނިސްޓްރީ ދަށުން ހިންގަމުން ދިޔައީ ޕަބްލިކް ވަރކްސްގެ ދަށަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
46%
0%
42%
4%
0%
ކޮމެންޓް