ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ފެންބޮޑުވުން

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ

  • މިހާތަނަށް 5 ގެޔަކަށް ފެންވަދެފައިވޭ
  • އެއްވެސް ގެޔަކަށް ގެއްލުމެއް ނުލިބޭ
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ

ކ. މާލެ | 9 އޯގަސްޓް 2020 | އާދީއްތަ 11:11 | 1,714

އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސިފައިން ފެން ހިއްކުމުގެ މަަސައްކަތް ކުރަނީ - އެމްއެންޑީއެފް

ބޯކޮށް ވާރޭވެހި ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެކަމުގެ ރިޕޯޓު އާދިއްތަ ދުވަހުގެ ހެނދުނު 09:40 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސިފައިން ފެން ހިއްކުމުގެ މަަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް 5 ގެޔަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަަމަށެވެ.

އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސިފައިން ފެން ހިއްކުމުގެ މަަސައްކަތުގައި

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހދ. ކުޅުއްފުށި ސިޓީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ ރޭ ދަންވަރުން ފެށިގެން ރަށަށް ވާރެވެހެން ފަށާފައިވާ ކަަމަށެވެ. އަދި މަގުތަކުގައި ފެން ބޮޑުވުމުން ދެ ސަރަހައްދެއްގައި ޕަންޕު ޖަހައިގެން ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް 5 ގެޔަކަށް ފެންދެފައިވާކަމަށް އެމްއެންޑީއެފަށް ރިޕޯޓު ލިބިފައިވާއިރު އެއްވެސް ގެޔަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަަމަށް ވެސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ފެން ބޮޑުވެފައި

މޫސުން ކުރިއަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން: 4 – 6 ފޫޓަށް ހުންނާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.

ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.