އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޮވިޑް-19 ފްރާންސްގެ ހާލަތު

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއެކު ޕެރިސްގެ ބާރު ބޮޑު ހިސާބުތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފި

  • މާސްކު އެޅުން މަޖުބޫރު ކޮށްފައިވަނީ އުމުރުން 11 އަހަރުން މަތީ މީހުންނަށް
  • ޕެރިސް ހިމެނޭ ސަރަހައްދުގައި ޕޮޒިޓިވްވާ މީހުންގެ އިންސައްތަ މިހާރު އުޅެނީ 2.4 އިންސައްތައިގައި
  • މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު އެކަމަށް ޚިލާފުވާ މީހުން 135 ޔޫރޯއިން ޖޫރިމަނާ ކުރާނެ

ކ. މާލެ | 9 އޯގަސްޓް 2020 | އާދީއްތަ 09:08 | 2,441

ޕެރިސްގައި މީހުން މާސްކު އަޅައިގެން - ރޮއިޓަރސް

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރު ވަމުންދާތީ ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ.

ހޯމަ ދުވަހުން ފެށިގެން މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވަނީ އުމުރުން 11 އަހަރުން މަތީ މީހުންނަށާއި ގިނަ ބަޔަކު އެއްވާ ތަންތަނުގައެވެ. އެގޮތުން ބޭންކުތަކާއި މާރުކޭޓްތަކުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އެހެންނަމަވެސް ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ތަންތަނުގައި މާސްކު އަޅާކަށް ނުޖެހެއެވެ.

ޕެރިސްގައި ހަލުވިކަމާއެކު އަނެއްކާ ވެސް ވައިރަސް ފެތުރެން ފަށާފައިވަނީ ޖުލައި މަހުގެ މެދުތެރެއިން ފެށިގެންނެވެ. ޕެރިސް ހިމެނޭ ސަރަހައްދުގައި ޕޮޒިޓިވްވާ މީހުންގެ އިންސައްތަ މިހާރު އުޅެނީ 2.4 އިންސައްތައިގައެވެ. އެހެންނަމަވެސް މުޅި ފްރާންސްގައި ޕޮޒިޓިވްވާ ރޭޓް އުޅެނީ 1.6 އިންސައްތައިގައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށުމާއެކު ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް އިގްތިޞާދަށް ވަމުންދާ ގެއްލުންތަކާއި އާންމުންގެ ޕްރެޝަރުގެ ސަބަބުން ވައިރަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު ޔޫރަޕްގެ ގައުމުތަކުން ވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. އެއާއެކު ޔޫރަޕްގެ ގައުމުތަކުގައި އަނެއްކާ ވެސް އަންނަނީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.

ފްރާންސްގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު ޖުލައި މަހުގެ 21 ން ފެށިގެން ފިހާރަތަކާއި ބޭންކުފަދަ ބަންދުކޮށްފައި ހުންނަ ތަންތަނުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު އެކަމަށް ޚިލާފުވާ މީހުން 135 ޔޫރޯއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތިން ފަހަރަށްވުރެ އިތުރަށް މި ކުށް ތަކުރާރު ކުރާނަމަ 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ދާނެއެވެ.

ފްރާންސްގައި ހުކުރު ދުވަހު އެކަނިވެސް ވަނީ 2288 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.