ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 22:17
ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހޮނިހިރު ދުވަހު 129 މީހަކު ޕޮޒިޓިވްވި، އެކްޓިވް ކޭސްތައް 2000ން މައްޗަށް!
 
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 4898ށް އަރާފަ
 
128 މީހުންނަކީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި މީހުން
 
އޭގެ ތެރޭގައި 93 ދިވެހިންވެސް ހިމެނޭ

ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 93 ދިވެހިންވެސް ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 26 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 9 މީހެއްގެ އިތުރުން، ނޭޕާލް މީހެއްވެސް ހޮނިހިރު ދުވަހު ޕޮޒިޓިވް ވެފައިވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 4898ށް އަރާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2791ށް އަރާފައެވެ. އަދި މި ވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2088 އެވެ.

އެޗްޕީއޭއިން ބުނީ، ހޮނިހިރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 128 މީހުންނަކީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި މިވަގުތުވެސް 144 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާކަމަށް ބުނެފައިވެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1481 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް