ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 22:07
ހޮނިހިރު ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން
ހޮނިހިރު ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން
މަޖިލިސް
މަޖިލިސް - އިޖުތިމާއި ކޮމެޓީ
ކޮވިޑް-19: ހެލްތު މިނިސްޓްރީން ކަންތައްތައް ހިންގަމުންދާގޮތާއި ގުޅިގެން އާއްމުންގެ ހިޔާލު ހޯދަނީ
 
[email protected]ށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މަޖިލީހުން ބުނެފައިވޭ
 
13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިޔާލު ހުށައެޅޭނެ

ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކާމެދު އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި މައްސަލަ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާއިރު ހޮނިހިރު ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ވަނީ ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށް، މި މައްސަލަ ދިރާސާ ކޮށްފައެވެ.

އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމުން މަޖިލީހުން ބުނީ އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށެވެ. އެގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތާއި ގުޅިގެން އެ ދާއިރާގެ އިސް ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕެންޑެމިކާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އާއްމުންގެ ފާޑުކިއުންތައް ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
0%
50%
25%
0%
ކޮމެންޓް