ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 21:01
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން
ރައީސް އޮފީސް
ނޫސްވެރިޔާ ރިލުވާނުގެ މައްސަލަ
އިންސާފު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށް ގެންދާނަން: މަރު ކޮމިޝަން
 
ޢާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައިގައި ކޮމިޝަނުން ބައިވެރިވާކަމަށް ބުނެފައިވޭ
 
ރިލްވާނުގެ އާއިލާއާއި އެކު ހިތާމައިގައި ކޮމިޝަނުން ވެސް ބައިވެރިވާ ކަމަށް ބުނެފައިވޭ
 
މަޢުލޫމާތު ކޮމިޝަނާއި ޙިއްޞާ ކުރެވޭނެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިޔާ ރިލުވާނު ވީނުވީގޮތެއް ނޭނގި ގެއްލުވައިލިތާ ހަ އަހަރު ފުރުމާއި ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފަިއވަނީ ރިލްވާނުގެ ޢާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ ޢާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަކަމަށާއި އެ ހިތާމައިގައި ކޮމިޝަނުން ވެސް ބައިވެރިވާ ކަމަށެވެ.

މަރު ކޮމިޝަނުން ބުނީ ރިލްވާނުގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެ ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު މިކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިލްވާނުގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށްބަލާއިރު، އޭނާ ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މަޢުލޫމާތު ކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އޮތްކަން ފާހަގަކޮށް ކޮމިޝަނުން ބުނީ އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
33%
33%
0%
ކޮމެންޓް