ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ބަހުގެ ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް

މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސް ބައްލަވާލައްވައިފި

  • ހާއްސަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވި
  • އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކާއި ބައްދަލުކުރެއްވި

ކ. މާލެ | 8 އޯގަސްޓް 2020 | ހޮނިހިރު 18:54 | 3,032

ބަހުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސް ބައްލަާލައްވަނީ - ރައީސް އޮފީސް

މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ނައިބު ރައީސް ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު ނައިބު ރައީސް ވަނީ، މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި މީހުން އަރާ ފޭބުމަށް ހާއްސަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.

ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދުގައި ބަސްހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަނަށް ވެސް ޒިޔާރަތް ކުރައްވާފައިވާއިރު މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކުގެ ޕާކިންއާއި އަދި އެ ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ބިނާކުރަމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް.)، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަޙައްދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.