ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ރިޟްވާނު ގެއްލުވާލިތާ 6 އަހަަރު

"ރިޟްވާނުގެ ބޯ ބުރިކޮށް މަރާލާފައިވާކަން ފުރަތަމަވެސް އެނގުނީ މަރު ކޮމިޝަނުން އެކަން އިއުލާނު ކުރި ވަގުތު"

  • ބައޮގްރަފީ ތައްޔާރު ކޮށްފައިވަނީ އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއެކު
  • ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު
  • ރިޟްވާނުގެ 28 އަހަރުގެ ޙަޔާތުގެ ވާހަކަތައް ހިމަނާފައިވޭ

ކ. މާލެ | 8 އޯގަސްޓް 2020 | ހޮނިހިރު 18:43 | 49,797

ރިޟްވާނުގެ މަންމަ ފަށާއިރު ޕްރޮގްރާމަށް އިންޓަރވިއު ދެއްވަނީ - ރާއްޖެއެމްވީ

"ޙަޔާތުގެ އެކި ދުވަސްވަރު އޭނާ އުޅުނީ އެކި މާސްކްތައް އަޅައިގެން، އެއީ މުޖުތަމައުން އޭނާއަށް ދީފައިވާ މާސްކްތައް، ނޫނީ އޭނާ އަމިއްލައަށް އޭނާއާ މެދު ދެކުނު ގޮތްތައް، އޭނާ ހޭލެވުނު ފުން ނިންޖަކީ އެންލައިންޓެންމެންޓް، ނުވަތަ "އަސްލު" ހޯދުން، ނަފްސު ދެނެގަނެވުން، އެހިސާބުން އެހެން މީހުންނަށް އޭނާ ވާނީ މޮޔައަކަށް، މާސްކްތައް ނުނަގަންޏާ އަސްލެއް ނުފެންނާނެ، އިރުގެ ދޯދިތައް މޫނުގައި ނުބީހޭނެ، އަހަރެން ރިޟްވާނާ ދިމާވުމުގެ ކުރިން ފޭސްބުކްއިން އެޑްކޮށްފައި ފުރަތަމަ ކުރި އެއް ސުވާލަކީވެސް އެއީ، "މޮޔަމީހާ" ކިޔަނީ ކީއްވެހޭ"

~ ރިޟްވާނުގެ ޙަޔާތުގެ މައްޗަށް ލިއެފައިވާ ބައޮގްރަފީގެ ތަންކޮޅެއް

މިއީ ރިޟްވާނު ވަގަށް ނެގިތާ 6 އަހަރު ފުރުމާ ގުޅިގެން އާއިލާއިން ނެރުނު ޚާއްސަ ބައޮގްރަފީގައި ބަޔާން ކޮށްފައިވާ ބައެއް ވާހަކަތަކެވެ. މި ފޮތުގައި ބަޔާން ކޮށްފައިވަނީ ރިޟްވާނުގެ ޙަޔާތުގެ ވާހަކަތަކެވެ.

ރިޟްވާނުގެ 28 އަހަރުގެ ޙަޔާތުގެ ވާހަކަތައް ހިމަނައިގެން ތައްޔާރުކުރި މި ފޮތުގައި ރިޟްވާނުގެ އެކުވެރިންނާއި، އެކުގައި މަސައްކަތް ކުރި މީހުންގެ އިތުރުން، އާއިލާ މީހުންގެ ބައެއް ވާހަކަތައްވެސް ހިމަނާފައިވެއެވެ.

މި ފޮތް ނެރިފައިވަނީ ހޮނިހިރު ދުވަހު ރާއްޖެޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމް ތެރެއިންނެވެ. ޕްރޮގްރާމްގައި ރިޟްވާނުގެ މަންމައާއި ދައްތަ ބައިވެރިވެ، ރިޟްވާނުގެ ޙަޔާތުގެ ވާހަކަތައް ހިއްސާ ކޮށްފައިވެއެވެ.

ރިޟްވާނުގެ މަންމަ ޕްރޮގްރާމަށް އިންޓަރވިއު ދެއްވަނީ

ޕްރޮގްރާމް ފަށަމުން ރިޟްވާނުގެ އެންމެ ދުރު ހަނދާނަކީ ކޮބައިތޯ ސުވާލު ކުރުމުން، އެ މަންމަގެ ހަމަހިމޭންކަން ދައްކުވައިދިނީ އެތައް އަހަރެއްގެ ހިތާމައާއި، ހިތްދަތިކަމެވެ. ރިޟްވާނުގެ ވާހަކަ ފަށަން އުނދަގޫވެފައި އިން މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ޔަޤީނެވެ.

ފުން ހަމަހިމޭންކަމަކަށް ފަހު ރޮމުން އެ މަންމައަށް ބުނެވުނީ، އެއީ އެންމެ ލޯބިވާ ދަރި ކަމަށެވެ. އަދި ރިޟްވާނުގެ ވާހަކަތައް ދައްކާނެ ހިތްވަރުވެސް މިއަދު ނެތްކަމަށް ވަރުބަލިކަމާއެކު ގިސްލަމުން އޭނާގެ މަންމަ ބުންޏެވެ،

"މިހާރުވެސް ހީވަނީ ކުރިމަތިން ފެންނަހެން، އެހެންވީމާ އޭނާގެ ހަނދާނެއް އަޅުގަނޑު ދުވަހަކުވެސް ނެތިއެއް ނުދާނެ، ގޭގައި އާއިލާގެ އެންމެންނަށްވެސް ހަމަ އެހާ ރަނގަޅުވާނެ، އެ ކުއްޖާގެ ވާހަކަ ދައްކާނެ ކޮޅެއް ނެތް އަޅުގަނޑު މިހާރަކު، އެ ހުރިހާ ވާހަކަތަކެއް އަޅުގަނޑަކަށް ނުދެއްކޭނެ"

~ ރިޟްވާނުގެ މަންމަ

ރިޟްވާނުގެ އެންމެ ޚާއްސަ ކެއުމާ ގުޅޭގޮތުން ސުވާލު ކުރުމުން ރިޟްވާނުގެ މަންމަ ބުނީ، އަމިއްލަ ކައްކައިގެންވެސް ކާނެ ކަމަށާއި، ބޯކިބާއާއި ކޭކު ފަދަ ތަކެތި ވަރަށް މީރުކޮށް ކާނެ ކަމަށެވެ. އަދި ރިޟްވާނު އާންމުކޮށް ގެއަށް ވަންނަގޮތަށް އާއިލާ މެމްބަރުންނަށް ގޮވާލާނެ ކަމަށާއި، ސަކަ މިޒާޖެއް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭރު ރިޟްވާނު ޙަޤީޤަތުގައި ތަޙައްމަލު ކުރަމުން ދިޔަ ކަންކަން އެނގުނީ ރިޟްވާނު ގެއްލިގެން ދިޔަ ފަހުންކަން ފާހަގަ ކުރައްވައި ރިޟްވާނުގެ ދައްތަ ޝެހެނާޒް ވިދާޅުވީ، އޭރު ރިޟްވާނު ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައި ހުރިވަރުވެސް މިފަހުން އެނގިގެން ދިޔަ ކަމަށެވެ.

ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް ކުރި ދަތުރުގެ ވާހަކަތައް ހިއްސާ ކުރައްވައި ރިޟްވާނުގެ ދައްތަ ޝެހެނާޒް ވިދާޅުވީ، ފާއިތުވި އަހަރުތައް ހޭދަކުރީ ނުހަނު ހިތްދަތިކަމާއެކު ކަމަށެވެ. އެކަމުގައި އާދޭސް ކުރަން އެދި ނުދާ މުއައްސަސާއެއް، ވެރިއެއް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ފާއިތުވެ ދިޔަ ސަރުކާރަކީ އެ ކަމުގައި އާއިލާއަށް އެތައް އަނިޔާތަކެއް ދިން ސަރުކާރެއް ކަމަށް ރިޟްވާނުގެ ދައްތަ ވިދާޅުވިއެވެ.

އެންމެ މުހިއްމު އަދި އެންމެ ހިތްދަތި އެއް ވާހަކައިގެ ގޮތުގައި ރިޟްވާނުގެ އާއިލާއިން ފާހަގަކުރީ، ރިޟްވާނު ގެއްލިފައިވާކަމަށް އާއިލާއިން ޤަބޫލުކޮށް އޭނާ ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރަމުން ދަނިކޮށް، ބައެއްގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވެ، ރިޟްވާނުގެ ކަރު ބުރިކޮށްލާފައިވާ ކަމަށް މަރު ކޮމިޝަނުން އިއުލާނު ކުރި ދުވަހެވެ. އެ ވާހަކަ ފުރަތަމަވެސް އަޑުއިވުނީ އެ ދުވަހުކަމަށް ރިޟްވާނުގެ އާއިލާއިން ބުނެއެވެ. މިއަދާ ހަމައަށްވެސް ރިޟްވާނުގެ އާއިލާއިން ތިބީ އެއީ ހަޤީޤަތެއްކަން ޤަބޫލު ނުކުރެވިފައެވެ.

އަދިވެސް އެ އާއިލާ އެންމެ މުހިއްމު އަދި އެންމެ ހިތްދަތި އެއް ވާހަކައިގެ ގޮތުގައި ރިޟްވާނުގެ އާއިލާއިން ފާހަގަކުރީ، ރިޟްވާނު ގެއްލިފައިވާކަމަށް އާއިލާއިން ޤަބޫލުކޮށް އޭނާ ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރަމުން ދަނިކޮށް، ބައެއްގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވެ، ރިޟްވާނުގެ ކަރު ބުރިކޮށްލާފައިވާ ކަމަށް މަރު ކޮމިޝަނުން އިއުލާނު ކުރި ދުވަހެވެ. އެ ވާހަކަ ފުރަތަމަވެސް އަޑުއިވުނީ އެ ދުވަހުކަމަށް ރިޟްވާނުގެ އާއިލާއިން ބުނެއެވެ. މިއަދާ ހަމައަށްވެސް ރިޟްވާނުގެ އާއިލާއިން ތިބީ އެއީ ހަޤީޤަތެއްކަން ޤަބޫލު ނުކުރެވިފައެވެ. އަދިވެސް އެ އާއިލާ ކެނޑިނޭޅި އެދެމުންދަނީ ރިޟްވާނަށް ވީ ގޮތް ސާފުކޮށް އެނގުމަށެވެ. އެކަމުގެ ފަހަތުގައި ހިމެނޭ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އެންމެ އެދެވޭ ސްޕިޑެއްގައި ކުރިއަކަށް ނުދެއެވެ.

"ދުވަހަކުވެސް އަޑެއް ނާހަން، އެ ދުވަހު ޝޮކެއް ލިބިގެން ދިޔައީ އެ ވާހަކަ އަޑުއިވުމުން، އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ އޭނާ މަރުވި ކަމަކަށް.. އެއްގޮތަކަށްވެސް.."

~ ރިޟްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒް

މިކަމުގައި ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކޮށްދެއްވާކަން ފާހަގަ ކުރައްވައި ޝެހެނާޒް ވިދާޅުވީ، މިކަމުގައި ހަމައެކަނި އެހީތެރިކަމެއް ވެދެވޭނީ ސަރުކާރަށް ކަމަށެވެ. އާއިލާގެ ފަރާތުން އާދޭހާއެކު އެދުނީ ރިޟްވާނާ ބެހޭގޮތުން ކުޑަވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އާއިލާއަށް އެންގުމަށެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައަށް 6 އަހަރު ވެފައިވާއިރު، އެކަމަށް އިންސާފު ހޯދައިދީ މި ނުބައި އަމަލުތަކުގައި ބައިވެރިވީ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އަދިވެސް އާއިލާއިން ދަނީ ގޮވާލަމުންނެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.