ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 18:49
ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ)
ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ)
ޕޮލިސް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ
ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފި
 
މައްސަލަ ހުށައަޅާފައިވަނީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ
 
އޭނާ ހައްޔަރުކުރެވުނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު

ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ) އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ އޮގަސްޓްމަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ ޝުޢާޢު ޝަރީފް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް 2020 އޯގަސްޓް 04 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށް ކަމަށެވެ. އެހެންނަމަވެސް ނަމަވެސް އޭނާ ދޫކޮށްލަން ނެެރުނު އަމުރު މުރާޖާ ކޮށްދެއްވުމަށް ކޯޓުގައި އެދުމުންއޮގަސްޓް މަހުގެ 6 ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައިވަނީ، އޭނާ ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށެވެ. އަދި ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީވެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ފުލުހުން ވަނީ މި ފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން އެސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް