ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 23:25
މާލޭގެ މަގުމަތީގާއި، ކޮވިޑް-19 ސާމްޕަލް ނެގުމަށް އާރުއާރުޓީ އިން ހަރަކާތްތެރިވަނީ
މާލޭގެ މަގުމަތީގާއި، ކޮވިޑް-19 ސާމްޕަލް ނެގުމަށް އާރުއާރުޓީ އިން ހަރަކާތްތެރިވަނީ
ހެލްތު މިނިސްޓްރީ
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު
6 ސެޕްޓެމްބަރުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފި
 
މި ފަހުން ރާއްޖެއިން އަނެއްކާވެސް ކޮވިޑް ކޭސްތައް ވަނީ އިތުރުވެފަެި
 
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ފުރަތަމަ އިއުލާން ކުރީ 12 މާރޗް ގައި
 
މުއްދަތު އިތުުރުކޮށްފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އޮތުމުން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އެޗްޕީއޭ އިން ކޮށްފައިވާ ޓުވީޓެއްގައި ވާގޮތުން މިނިސްޓަރ އޮފް ހެލްތަށް ޤާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ. އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިން 12 މާރޗު ގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ރޭނގަޑު 10:00ން ފަތިހު 5:00ށް ކަރފިއުއެއް ހިންގަން ފަށާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން