ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 22:53
ކޮވިޑް-19 ގެ ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން- ފާއިތުވި ދުވަސްތަކު ގިނަ ކޭސްތަކެއް ދަނީ ފެންނަމުން
ކޮވިޑް-19 ގެ ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން- ފާއިތުވި ދުވަސްތަކު ގިނަ ކޭސްތަކެއް ދަނީ ފެންނަމުން
ރާއްޖެ އެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހުކުރު ދުވަހު ޕޮޒިޓިވްވީ 89 މީހުން، 29 މީހަކު ބަލިން ރަނގަޅުވި
 
6 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި ކޭސްތަކެއް
 
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 4769ށް އަރާފަ
 
އޭގެ ތެރޭގައި 58 ދިވެހިންވެސް ހިމެނޭ

ރާއްޖެއިން އިތުރު 89 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހު ރާއްޖެއިން އިތުރު 89 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 58 ދިވެހިންވެސް ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 19 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 6 މީހަކާއި، ސްރިލަންކާއަށް ނިސްބަތްވާ 2 މީހެއްގެ އިތުރުން، އިނގިރޭސިވިލާތަށް ނިސްބަތްވާ 2 މީހެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން، އެމެރިކާއަށް ނިސްބަތްވާ މީހަކާއި، މިސްރަށް ނިސްބަތްވާ މީހެއްވެސް ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 4769ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ، ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 6 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި ކޭސްތަކެއް ކަމަށެވެ. އަދި 83 ކޭސްއަކީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތަކެވެ.

އޭގެ އިތުރުން، ހުކުރު ދުވަހު އިތުރު 29 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 2754ށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 129 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް