ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 22:10
ޤާސިމް އިބްރާހީމް
ޤާސިމް އިބްރާހީމް
ރައްޔިތުންގެ މަޖިލިސް
ޤާނޫނު އަސާސީއަށް 12 އަހަރު ފުރުން
ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތްކުރި ފަރާތްތަކަށް ގާސިމްގެ ޝުކުރު
 
ޤާސިމަކީ އައު ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ރައީސް
 
މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް ވަނީ 12 އަހަރު ފުރިފައި

ޤާނޫނު އަސާސީ އެކުލަވާލުމުގެ ބުރަ މަސައްކަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރި އެންމެހާ ފަރާތްތަކަށް ގާނޫނު އަސާސީ އެއްކޮށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވީ ގާސިމް އިބްރާހިމް ޝުކުރު އަދާކުރައްވައިފިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަށް މިއިން ޒަމާނަކު ލިބިފައިނުވާފަދަ ހައްޤުތަކާއި ސިޔާސީ އަދި މަދަނީ މިނިވަންކަން ދިވެހިންނަށް ގެނެސްދިން ފެހި ޤާނޫން އަސާސީ އަށް 12 އަހަރު ފުރުނީ ކަމަށެވެ.

ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރެވުނު 3 މަޖިލީހުގައި ވެސް މާމިގިލި ދާއިރާގެ ގޮނޑި ޤާސިމް ވަނީ ކާމިޔާބުކުރައްވާފައެވެ.

ޤާނޫނު އަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ޤާސިމް ދައްކަވާފައިހުރި އެހެން ވާހަކަފުޅުތަކަށް ބަލާއިރު ޤާނޫނު އަސާސީއާ ތަޢާރަޒްވާ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލުތަކެއް އަންނަންޖެހޭކަމަށާއި މިޤާނޫނު އަސާސީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ އަދިވެސް ގާނޫނު އަސާސީގައި ހުރި ވާހަކަތައް ރައްޔިތުންނަށް ކިޔައިދީގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް