ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 13:44
އިންޑިއާގެ މުމްބާއީގައި ސިއްހީ އޮފިޝަލުން އާއްމުންގެ ބައެއްގެ ހުން ހުރި ވަރު ބަލަނީ
އިންޑިއާގެ މުމްބާއީގައި ސިއްހީ އޮފިޝަލުން އާއްމުންގެ ބައެއްގެ ހުން ހުރި ވަރު ބަލަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިއާ
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް
 
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން ވަނައަށް އެންމެ ގިނައީ އިންޑިއާގައި
 
ފާއިތުވެ ދިޔަ 24 ގަޑީ އިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 62،538ށް

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަން ހުރަސް ކޮށްފިކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ އިން ހުކުރު ދުވަހު ބުނީ، ފާއިތުވެ ދިޔަ 24 ގަޑީ އިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 62،538ށް އެރުމާއެކު އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ދެމިލިއަން ހަތާވީސް ހާހަށް ވުރެ މައްޗަށް ގޮސްފައިވާ ކަމުގައެވެ. މީގެ ތެރެއިން 41،585 މީހުން ބަލީގައި ވަނީ މަރުވެފައެވެ. 1.3 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން ދާއިރު، ބަލީގެ އާދައިގެ އަލާމާތްތައް ހުންނަ މީހުންނަކީ 10 ދުވަސް ފަހުން ބައެއް ޝަރުތުތައް ފުރިހަމަ ވާ ނަމަ އެކްޓިވް ކޭސްއެއްގެ ގޮތުގައި ނުބަލައެވެ. ހާލަތަ ގޯސްވާ މީހުންވެސް އެއް ޓެސްޓުން ނެގެޓިވް ވުމާއެކު ހޮސްޕިޓަލުން ދޫކޮށްލައެވެ.

ކޮވިޑް-19 ބަލި އިންޑިއާއިން ފުރަތަމަ ފެނިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް އެރީ ޖުލައި 17 ގައެވެ. އޭގެ ފަހުން 12 ދުވަސް ތެރޭގައި 1.5 މިލިއަން މީހުންނަށް ބަލިޖެހުނު ކަން ރެކޯޑް ކުރެވުނެވެ. އަދި އޭގެ 9 ދުވަސް ފަހުން ބަލި ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އެރިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން ވަނައަށް އެންމެ ގިނަ ގައުމަކަށް އިންޑިއާ ވެފައިވާއިރު، އިންޑިއާ އަށް ވުރެ ބަލިޖެހިފައިވާ މީހުންގެ އަދަދު ގިނަ ދެ ގައުމަކީ ބްރެޒިލް އާއި އެމެރިކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް