ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 13:45
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތް ކުރި ޓަވަރު؛ އާންމުންނަށް އެތަން ދައްކަން ގެންދިއުން ވަނީ މަޑު ޖައްސާލާފައި
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތް ކުރި ޓަވަރު؛ އާންމުންނަށް އެތަން ދައްކަން ގެންދިއުން ވަނީ މަޑު ޖައްސާލާފައި
ރާއްޖެއެމްވީ
ހިޔާ ފުލެޓް
ހިޔާ ފުލެޓް ވަރޗުއަލްކޮށް ބެލުމުގެ އިންތިޒާމް ހަމަޖައްސަނީ
 
އާންމުން ނުގެންގޮސް ވަރޗުއަލްކޮށް އެތަން ބެލުމުގެ އިންތިޒާމް ހަމަޖައްސަން ނިންމި ކޮވިޑްގެ ކޭސްތައް އިތުރުވާތީ

ހުޅުމާލޭގެ ދެވަނަ ފޭސްގައި ގާއިމްކޮށްފައިވާ ހިޔާ ފުލެޓް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން ގެ ވެބްސައިޓް މެދުވެރިކޮށް ވަރޗުއަލްކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހިޔާ ފުލެޓް ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ނިންމާ، ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމަށްފަހު ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައެވެ. ހިޔާ ފުލެޓުގެ ބާލާލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެޗްޑިސީން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިޔާ ފުލެޓް ބެލުމަށް އާންމުން ގެންދިއުމަށް ނިންމި ނިންމުމަށް ބަދަލު ގެނެސް އެތަން ވަރޗުއަލްކޮށް ބެލުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ ފުލެޓް އާންމުންނަށް ބަލާލުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ހިޔާ ފުލެޓުގެ އެޕާޓްމަންޓްތައް ކުޑަކަމަށާއި، އިމާރާތްކުރުމާއި ޑިޒައިނުގެ މައްސަލަތަކެއް ހުރިކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެ ފްލެޓްތަކަށް ވަންނަން 8 މަސް ދުވަސް ނަގާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ގައި ކޮމިޓީގެ މެމްބަރަކު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ، ޖުލައި މަހު ފަހުކޮޅު ފްލެޓްގެ ހައްގުވެރި ފަރާތްތަކުގެ ލިސްޓު އާއްމު ކުރާނެ ކަމަށް ފްލެޓްގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ، ފްލެޓް ކޮމިޓީން އިވެލުއޭޓް ކޮށްފައި ނިންމާ ލިސްޓަކީ މުޅިން އައު ލިސްޓަކަށްވުން އެކަށީގެންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
14%
0%
0%
79%
7%
0%
ކޮމެންޓް
8 އޯގަސްޓް 2020 | ހޮނިހިރު 11:50
ނޫސްވެރިންގެ ފެންވަރެއް ނެތްކަން އިނގެނީ.. އިއުލާނު ކުރީވެސް އަދި މިހާރު އިއުލާނުގަ އެއޮތީވެސް ކޮމާޝިއަލް އޭރިޔާތަކުގެ ވާހަކަ ފުލެޓުތަކުގެ ތިރީގަ ހުރި.. ފުލެޓުތަށް ބަލަން ހުޅުވާލި ވާހަކައެއް ނޫން..
7 އޯގަސްޓް 2020 | ހުކުރު 23:48
ފްލެޓު ކްލައިންޓް
ވާޗުއަލް ކޮށް ތިޔަތަން ނިންމާ ދެއްކޭ އޮތަ؟ ވާޗުއަލް ކޮށް މަސަތްކަތް ނުވަނީ ރައްޔިތުން ވައްދަން ކުރަންޖެހޭ!
7 އޯގަސްޓް 2020 | ހުކުރު 23:48
ފުލެޓު ކުލައިންޓް
ވާރޗުއަލް ކޮށް ވިޔަފާރި ކުރަން ދޫކުރާ ތަންތަން ދައްކާ ވާހަކަ އެޔޮތީ ހަބަރުގަ! ފުލެޓެއް ނުން ކަލެއްނޭ! ވާޗުއަލް ކޮށް ތިޔަތަން ނިންމާ ދެއްކޭ އޮތަ؟ ވާޗުއަލް ކޮށް މަސަތްކަތް ނުވަނީ ރައްޔިތުން ވައްދަން ކުރަންޖެހޭ!
7 އޯގަސްޓް 2020 | ހުކުރު 23:02
ކިހާދެރަކަމެއް ދެން އެޗްޑީސީ އުވާލަންވީނު ނުވާވަރުގެ ކަންތައްކުރަން ތިންގަމާރުން ލައިގެން، އެމީހުނައް ކުޑަމިނުން ނޭގޭ ރައްޔިތުން ގުނބޯހައްދަންވެސް އަބަދުވެސް ތަޅާ އަނގަ އަކީ ކުޑަތަނެއްގަ ނޫޅެވޭނެ ވާހަކަ ޢާނ އެހެންވާނެނު މީލޭގަ މީހުންއުޅެނީ ނިކަން ބޮޑެތިތަންތަނުގަ ވިއްޔަދޯ!
7 އޯގަސްޓް 2020 | ހުކުރު 19:51
ޅިސްޓް ޢާުންމު ކުރަނީ ކޮންިރަކުންތޯ ސުވާލު އުފެދޭ.
7 އޯގަސްޓް 2020 | ހުކުރު 15:37
ޥަޗުއަލް ކޮއް ނިދޭނެ ގޮތެއް ވާނެތަ؟ މިބުނީ ދެން ހަމަ ދަތިކަމުން.
7 އޯގަސްޓް 2020 | ހުކުރު 14:28
މާލޭ ގެދޮރުނެތް މީ ހާ
ޢަދިވެސް އެކި ގޮތްގޮތައް ދެއްކޭތޯތަ ބަލަންވީ ތިތަން ދޭކަށް ނުވިސްނަން ދޯ!