ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 13:20
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށީ މޭ މަހު
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށީ މޭ މަހު
ގޫގުލް
ގުޅިފަޅު މަޝްރޫއު
ގުޅިފަޅު މަޝްރޫއުގެ މައުލޫމާތު ލިބޭ ހާއްސަ ވެބްސައިޓެއް
 
ހަރަދުވަނީ 53 މިލިއަން ޑޮލަރު
 
މަޝްރޫއު ހިންގަނީ ބޮސްކާލިސްއާ ހަވާލުކޮށްގެން
 
މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ވެބްސައިޓުން ލިބޭނެ

ގުޅިފަޅު މަޝްރޫއުގެ މައުލޫމާތު ލިބޭ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި ވެބްސައިޓް މެދުވެރިކޮށް މަޝްރޫއުގެ މައުލޫމާތުތަކާއި ތިމާވެއްްޓާ ކުރާ އަސަރުތަކުގެ އިތުރުން މަޝްރޫއުގެ ސަބަބުން އަސަރު ކުޑަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ. މަޝްރޫއުއާ ބެހޭ ގޮތުން އެއްވެސް ކަހަލަ މައުލޫމާތެއް އޮޅުން ފިލުވަން ނުވަތަ ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ ވެބްސައިޓް މެދުވެރިކޮށް ފޮނުވޭނެއެވެ.

ގުޅިފަޅު ޕްރޮޖެކްޓަކީ މާލޭގެ ތޮއްޖެހުމާއި ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުއެކެވެ. ބޮސްކާލިސް ވެސްޓް މިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 53 މިލިއަން ޑޮލަރެވެ.

މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށާއި، 4 ކިލޯ މީޓަރުފެ ތޮއްޓެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެެއެވެ. މޭ މަހު ފެށި މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކޮށްފައިވަނީ ނުވަ މަހާއި 14 މަހުގެ މުއްދަތެއްގެ ތެރޭގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
17%
83%
0%
0%
0%
0%
ކޮމެންޓް
7 އޯގަސްޓް 2020 | ހުކުރު 14:38
ޙަމީދު
ހަބަރުގެ ސުރުހީގައި ބަޔާންކޮށްދިން މަސްދަރު ހަބަރުގައި ގެނެވި ފައެއްނެތް. ވެބްސައިޓްގެ ލިންކް ހަބަރުގައި އޮންނަންވާނެ. އަނެއްކަމަކީ މީ ޕީއެސްއެމް އިން ގެނެސްދިން ހަބަރެއްގެ ކޮޕީ ފޭސްޓެއްކަން. ހަބަރު ކޮޕީ ކުރުމަކީ ވަރަށް ބޮޑު ކުށެއް.