ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 08:58
ފުޑް ކޯޓު ސަރަހައްދު
ފުޑް ކޯޓު ސަރަހައްދު
ރާއްޖެއެމްވީ
އުސޫލުތަކާއި ޚިލާފު ތަންތަން ބަންދުކުރުން
އުސޫލުތަކާއި ހިލާފުވި އިތުރު 15 ތަނެއް ބަންދުކޮށްފި
 
240 ތަނެއް އިންސްޕެކްޓްކޮށްފައިވޭ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާއި ހިލާފަށް ހިންގި އިތުރު 15 ތަނެއް ބަންދުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ބުރާސްފަތި ދުވަހު 240 ތަަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 2 ތަނާއި، 7 ފިހާރައާ 6 ސެލޫން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން އަންނަނީ މާލެ ސަރަހައްދުގައި އާންމު ޚިދުމަތް ދެމުންގެންދާ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިންގަނޑުތަކަށް ނުފެތޭނަމަ އެތަންތަން ބަންދު ކުރަމުންނެވެ. އެކަން އެޗްޕީއޭއިން ފަށާފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.

މާލެ ސިޓީ ލޮކްޑައުންގައި އޮތުމަށްފަހު އަލުން ހުޅުވާލިއިރު އާންމު ޚިދުމަތްދޭ ތަންތަން އަލުން ހުޅުވާލުމަށް ހުއްދަ ދިންއިރު ވަނީ ކޮންމެ ތަނަކަށް ވަކިވަކިން އަމަލުކުރަންވީ އުސޫލުތަކެއް އެކުލަވާލާ ގެޒެޓްކޮށްފައެވެ.

އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމެވެ. އަދި ތަނުގެ ތެރޭގައި ސެނިޓައިޒް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުރުމަށްވެސް ގައިޑްލައިންގައި ވަނީ އަންގާފައެވެ. ނަމަވެސް އަލުން އިންސްޕެކްޝަނެއް ފެށިއިރު ގިނަ ތަންތަނެއް އަންނަނީ އުސޫލާ ޚިލާފަށް ހިންގަމުންދާތީ ބަންދުކުރަމުންނެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް