ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 07:14
މަމެން ޑޭޓާ އެޑް-އޮންތަކުން 25 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ވަނީ ފަށާފައި
މަމެން ޑޭޓާ އެޑް-އޮންތަކުން 25 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ވަނީ ފަށާފައި
ދިރާގު
ދިރާގު
ދިރާގު މަމެންގެ ވާހަކަ ބުނެގެން ހިލޭ ޑޭޓާ
 
"ރިފަރ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބިގެންދާނެ

ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗަރ އާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ ގޮތް ތައާރަފު ކޮށްފިއެވެ.

"މަމެން ރިފެރަލް" ފީޗަރ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާޢި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފަރ" ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން "ރިފަރ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.

ހުރިހާ މަމެން ކަސްޓަމަރުންނަށް ވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ޚާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ ކަމަށާއި މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާ އާއި ލީޑަރބޯޑް ޓްރެކް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މަމެން އެޕް ގޫގުލް ޕެލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

މީގެ އިތިރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 އިންސައްތަ ޑިސްކައުންޓް 31 އޮގަސްޓް 2020 ގެ ނިޔަލަށް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

2017 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އިންގިލާބީ މޯބައިލް ޕްލޭނެކެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެން އަކީ މިހާތަނަށް ރާއްޖޭގައި ތައާރަފު ކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.

ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް