ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 22:34
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް
މިއަދު ޕޮޒިޓިވްވީ 148 މީހުން، 117 މީހުންނަކީ ދިވެހިން
 
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފައި
 
މިވަގުތުވެސް ހޮސްޕިޓަލުގައި 110 މީހަކަށް ދަނީ ފަރުވާ ދެމުން
 
އިރުތު 13 މީހަކު ވަނީ ބަލިން ފަސޭހަވެފައި

ކޮވިޑް-19 އަށް އިތުރު 148 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން ބުދަ ދުވަހު ކޮވިޑް 19ށް ޕޮޒިޓިވް ވެފައިވަނީ 117 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާގެ 7 މީހެއްގެ އިތުރުން ނޭޕާލް އަދި ސީޝެލްގެ މީހެކެވެ.

އެޗްޕިއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިތުރު 13 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 4594 މީހެކެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1869 ކޭސް އެއް ރިޕޯޓް ކޮށްފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވާ ޖުމްލަ އަދަދަކީ 2706 އެވެ.

މި ވަގުތު ވެސް ހޮސްޕިޓަލުގައި 110 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް