ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 22:36
ޑރ. ނަޒްލާ ވިދާޅުވީ އައިސީޔޫގައި ތިބި މީހުންގެ ތެރެއިން އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް
ޑރ. ނަޒްލާ ވިދާޅުވީ އައިސީޔޫގައި ތިބި މީހުންގެ ތެރެއިން އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ކޮވިޑް-19ށް ފަރުވާ ހޯދަމުންދާ 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދޭ: ޑރ ނަޒްލާ
 
ޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދޭ
 
ދެ މީހަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި
 
8 މީހަކަށް މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދޭ

ކޮވިޑް-19ށް ފަރުވާ ހޯދަމުންދާ 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 8 މީހަކަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 މިހާރު ފެތުރޭ ބާރު މިނުގައި ފެތުރިގެން ގޮސްފި ކަމުގައިވާނަމަ އައިސީޔޫއަށް ފަރުވާއަށް ލެވޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޑރ. ޝީނާ ވިދާޅުވީ އާންމުން މަގުމަތީގައި އުޅޭ މިންވަރު މަދުކޮށް، ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކޮށްފި ކަމުގައިވާނަމަ ބަލި ފެތުރޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އަދި ކޮންޓެކްޓުން މަދުކުރެވޭ ވަރަކަށް ރާއްޖޭގެ ހެލްތް ނިޒާމުގެ ކެޕޭސިޓީ ހިފެހެއްޓޭނެ ކަމަށް ޑރ. ޝީނާ ވެސް ވިދާޅުވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
67%
33%
0%
0%
ކޮމެންޓް