ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 22:26
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް
ޓްވިޓަރ
މެޑަމް ނަސްރީނާ
މެޑަމް ނަސްރީނާގެ ހަށިކޮޅުން ލޮނު މަދުވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި
 
ޓެސްޓްގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވް
 
ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދޭ
 
އެޑްމިޓް ކުރައްވާފައިވަނީ އަންގާރަ ދުވަހު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހަށިކޮޅުން ލޮނުގެ ބައި ދަށްވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓު ކޮށްފިއެވެ.

ރައީސް މައުމޫނުގެ އާއިލާގެ ގާތް މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީދު ޗުއްޓީ ހޭދަކުރުމަށްޓަކައި އާއިލާ އާއެކު ރިސޯޓެއްގައި މެޑަމް ނަސްރީނާ ހުންނަވަނިކޮށް ހަށިކޮޅުން ސޯޑިއަމް ދަށްވެފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ހެނދުނު ނަސްރީނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވި ކަމަށާއި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް މިހާރު ފަރުވާ ހޯއްދަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސްރީނާގެ ސިއްހީ ހާލުކޮޅު ބަޔާންކުރައްވާ ބުދަ ދުވަހުގެ ރޭ ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޓެހިންނަށާއި ހެޔޮ ދުޢާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު ނަސްރީނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އުސޫލެއްގެ ގޮތުން ހޮސްޕިޓަލަށް ގެންދެވޭ އެންމެންވެސް ދަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަމުންނެވެ.

އާންމު ގޮތެއްގައި ހަށިގަނޑުން ލޮނުގެ ބައި މަދުވަނީ ދޮށީ އުމުރުގެ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނެވެ.

ލޮނުގެ ބައި ދަށްވުމުން ތުރުތުރު އެޅުމާއި، އަކުނިވަޔަށް ދެމުމާއި، އަވަސް އަވަހަށް ހަނދާން ނެތޭ ގޮތްވުމާއި، ފަސޭޭހައިން މޫޑު ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
5%
0%
95%
0%
0%
0%
ކޮމެންޓް
6 އޯގަސްޓް 2020 | ބުރާސްފަތި 09:59
ސީދާ
އެކަމަނާއަށް މާތްﷲ އަވަސް ޝިފާއެއް ދެއްވާށި ! އާމީން
6 އޯގަސްޓް 2020 | ބުރާސްފަތި 05:56
ޛުން
ޖަރީމާ ނޫސް
5 އޯގަސްޓް 2020 | ބުދަ 23:08
އަޅެ އަހަރުމެން ކައިރީ ގޭގައި ތިބޭށޭ ބޭރަށަ ނުދާށޭ ކިޔާފަ ރައީސް މައުމޫން ރިސޯޓުގައި ޗުއްޓީ ހޭދަކުރަނީ! ކީކޭ ދެން ބުނާނީ. އަދި އެންމެ ހައިރިސްކް މީހުން 🤷🏻‍♀️