ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 21:03
އަޖުމަ ބެލުމަށް އިންސާނަކަށް ވެކްސިން ދެނީ - މޮޑާނާއިން މަސައްކަތް ކުރަނީ އަހަރު ނިމެންވާ އިރަށް ކޮވިޑް ވެކްސިން އާއްމުކޮށް ލިބޭ ގޮތް ހެދުމަށް
އަޖުމަ ބެލުމަށް އިންސާނަކަށް ވެކްސިން ދެނީ - މޮޑާނާއިން މަސައްކަތް ކުރަނީ އަހަރު ނިމެންވާ އިރަށް ކޮވިޑް ވެކްސިން އާއްމުކޮށް ލިބޭ ގޮތް ހެދުމަށް
ޓްވިޓަރ
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި
 
މިއީ މޮޑާނާ އިން އުފައްދާ ފުރަތަމަ ވެކްސިން
 
ޑިސެމްބަރަށް ވެކްސިން އާއްމުކޮށް ލިބޭނެ ކަމަށް މޮޑާނާ އިން ބުނޭ
 
މަދު އަދަދަކަށް ވެކްސިން އޯޑަރު ކުރާ ފަރާތްތަކަށް ޑޯޒެއް ވިއްކުމަށް ހަމަޖެހިފައިވަނީ 32 އާއި 37 އެމެރިކާ ޑޮލަރާއި ދެމެދުގައި

ކޮވިޑް-19ގެ ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ މޮޑާނާއިން ވެކްސިން ސަޕްލައި ކުރުމުގެ އެއްބަސްވުންތަކުގެ މަޝްވަރާތައް ގައުމުތަކާއެކު ފަށައިފިއެވެ.

މޮޑާނާއިން ބުދަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ވެކްސިން ފޯރުކޮށް ދިނުމަށް މިހާތަނަށް ޑިޕޮސިޓް ފައިސާގެ ގޮތުގައި އެކި ގައުމުތަކުން 400 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިން އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި މަސައްކަތް ކުރާ މޮޑާނާ އިން ބުނެފައިވަނީ، މަދު އަދަދަކަށް ވެކްސިން އޯޑަރު ކުރާ ފަރާތްތަކަށް ޑޯޒެއް ވިއްކުމަށް ހަމަޖެހިފައިވަނީ 32 އާއި 37 އެމެރިކާ ޑޮލަރާއި ދެމެދުގައި ކަމުގައެވެ. އެހެން ނަމަވެސް ގިނަ އަދަދަކަށް އޯޑަރު ކުރާ ފަރާތްތަކަށް ޑޯޒެއްގެ އަގު ޖެހޭ ވަރު މިއަށް ވުރެ ކުޑަވާނެ ކަމަށް މޮޑާނާ އިން ބުނެފައިވެއެވެ.

ވެކްސިންގެ ރައްކާތެރިކަން ސާބިތު ކުރުމަށް އެންމެ ފަހު މަރުހަލާގެ ދިރާސާތަކަށް ތިރީސް ހާސް މީހުންނަށް އެ ކުންފުނިން އަޖުމަ ބަލަމުންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާ ކަމަށް މޮޑާނާއިން ހުސްވި ހަފްތާގައި ވަނީ ހާމަކޮށްފައެވެ. މިއީ ވެކްސިން އަށް ރަސްމީ ހުއްދަ ލިބުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެ ފަހު މަރުހަލާއެވެ.

މޮޑާނާއިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިން އާއްމު ކޮށް ބޭނުން ކުރުމަށް މިއަހަރު ނިމެންވާއިރު ލިބޭނެ ކަމަށެވެ. އެކުންފުނިން ބުނެފައިވަނީ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާތައް ސެޕްޓެމްބަރަށް ނިންމާލެވޭނެ ކަމަށެވެ.

ވެކްސިންގެ އަގާ ބެހޭ ގޮތުން ހުސްވި މަހު މޮޑާނާ އިން ބުނީ، އެ ކުންފުންޏަކީ ވިޔަފާރި ކުންފުންޏެއް ކަމުގައި ވިޔަސް އެ ކުންފުނިން އުފައްދާ ކޮވިޑް-19 ވެކްސިންގެ އަގު ގިނަ ބަޔަކަށް އުފުލޭ މިންވަރެއްގައި ހިފަހައްޓާނެ ކަމުގައެވެ.

ކޮވިޑް-19ގެ ވެކްސިން އުފުއްދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅޭ ކުންފުނި ތަކުގެ ތެރޭގައި މޮޑާނާ ހިމެނޭ އިރު މިހާތަނަށް އެކުންފުނިން އެއްވެސް ބާވަތެއްގެ ބޭހެއް މާކެޓަށް ނެރެފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މޮޑާނާ އިން އުފައްދާ ވެކްސިންގެ މަސައްކަތްތައް އަވަސް ކުރުމަށް އެމެރިކާ ސަރުކާރުން އެކުންފުންޏަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.

ކޮވިޑް-19 ބަލީގައި މިހާތަނަށް ހަތް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
93%
3%
0%
0%
5%
ކޮމެންޓް