ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 16:45
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ އަލް ރަޖީ މިސްކިތުގައި ގައިދުރުކޮށް ނަމާދު ކުރަނީ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ އަލް ރަޖީ މިސްކިތުގައި ގައިދުރުކޮށް ނަމާދު ކުރަނީ
އޭޕީ
ގައިދުރު ކަމުގައި ނަމާދު ކުރުން
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ
 
ކައިރިކައިރީގައި ތިބުމަކީ ނަމާދުގެ ފަރުޟަކަށް ނުވާހިނދު ރާއްޖޭގައި ހުއްދަ ނުދޭ ސަބަބެއް އޮންނަން ވާނެ
 
ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ނަމާދު ކުރަމުންދަނީ ގައިދުރުކޮށް

ދުނިޔެއަށް އައި ކޮރޯނާ ބޮޑުވަބާ މިއޮތީ ބައިނަލްއަޤްވާމީ ވަބާއަކަށް ބަދަލުވެ ދުނިޔޭގެ ކުދިބޮޑު އެންމެހައި ޤައުމުތަކަށް ހަމަނޭވާ ނުލެވޭ ހިސާބަށް ދިރިއުޅުމުގެ ހުރިހާކަމެއް ގޮސްފައެވެ. ދުނިޔޭގެ ސިޔާސީ، އިޤްތިޞާދީ، ޞިއްޙީ މާހިރުން އެ އުޅުއްވަނީ ގޮތް ހުސްވެގެންނެވެ. ދުނިޔޭގެ އިޖްތިމާޢީ އެންމެހައި ޙަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައެވެ. އިޤްތިޞާދު ފުނޑުފުނޑުވެގެން ދަނީއެވެ. ބަލިން ސަލާމަތްވާން އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ މާސްކު އެޅުމާއި ގައިދުރުކޮށް ތިބުމާއި މިފަދަ އާދައިގެ ހަތަރު ފަސް ކަމެެެއްގައި ހިފަހައްޓައިގެން ތިބުމެވެ. މިއީ އެއްވެސް ޙާލަތެއްގައި ނުކުރެވޭ ވަރުގެ ކަންތަކެއް ނޫނެވެ.

އަޅުގަނޑުމެން މުސްލިމުން ނަމާދު ކުރަމުން ދާއިރު ކައިރި ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މިސްކިތްތައް ބަންދުވެފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދެއްވައި ރާއްޖޭގެ ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގަވާފައިވަނީ ނަމާދު ޖަމާޢަތުގައި ކުރުން ހުއްދަ ވާނީ ސަފުގައި ކައިރިކައިރީ ތިބެގެން ކަމަށެވެ.

މުޅި ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާ މީހުން ގައިދުރުކޮށް ތިބެ ނަމާދު ކުރަމުން ދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ހުއްދަ ނުވިއެވެ.

ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ބިރުވެރިކަމުގެ ނަމާދު ކުރުމުގައި ހިނގަ ހިނގައި ތިބެގެންނާއި ހަށި ފާރައަށް ތިބެގެން ނަމާދު ކުރުމަށެވެ. ބިރުވެެރިކަމުގެ އެންމެހައި ނަމާދެއްގައި އެގޮތަށް ނަމާދު ކުރެވޭނެ ކަމަށް ދީނުގެ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. ސަފުގައި ކައިރިކައިރީގައި ތިބުމަކީ ނަމާދުގެ ފަރުޟަކަށް ނުވާހިނދު ދީނުގެ އެންމެހައި ޢިލްމުވެރިންގެ ރައުޔާއި ޢަމަލާ ޚިލާފަށް މިހާ ބާރަށް ރާއްޖޭގައި މިކަމުގެ ހުއްދަ ނުދެއްވަން ޖެހޭ ސަބަބެއް ވެސް އޮންނަން ވާނެއެވެ.

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނަކަށް ވާހިނދު އަޅުގަނޑުމެންނަށް އިސްލާމްދީން މިހާ ބުރަ ތަކްލީފަކަށް ވެގެން އުޅޭ ސަބަބެއް ވެސް އެނގެން އެބަޖެހެއެވެ. މިވަރުގެބޮޑު ސިއްރެއް ދީނުގައި އޮތްހިނދު އެކަން ދެނެގަތުމަށް އަޅުގަނޑުމެން ވެސް ބޭނުންވާނެތާއެވެ. ދިވެހި ދެތިން ޝައިޚުންގެ ސިއްރަކަށް އެކަން އޮވެގެން ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
4%
17%
4%
61%
4%
9%
ކޮމެންޓް
5 އޯގަސްޓް 2020 | ބުދަ 23:54
ބުއްޅަބެ ވަގު މިން
ޢުތެމާ އާއި އެމް ޑީ އެން ރިޕޯރޓް އަށް ވެސް ހަބަރެއް ލިބަލަ ތިހާ ބޮޑު ސިއްރެއް ގޮތައް އެކަން ބާވަން ހރޔޮނުވާނެ
5 އޯގަސްޓް 2020 | ބުދަ 23:37
ހާތިމް
"ކައިރި ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެކެވެ." މިހެން ލިއުމުގައި އޮތްއިރު ދަލީލަކީ ކޮ ބާތޯ؟؟ ދީން ކިއެވިއިރު ހަތަރު މަޒްހަ ބު އިސްލާމްދީނުގަ އޮންނަކަމާއި އެކި އިލްމުވެރިންގެ ރައުޔު އެކި ކަންކަމުގައި ތަފާތުކަމާ އެތަފާތުތައް އައިސްފައިވާ ސަ ބަ ބުތައް އެނގިނުލައްވަނީތޯ؟
5 އޯގަސްޓް 2020 | ބުދަ 23:33
ޝާން
ހުސައިން ރަޝީދު ދިން ކިޔެވީ ކޮން ޔުނިވަރސިޓީއަކުން ކޮން އަހަރަކު ތޯ؟
5 އޯގަސްޓް 2020 | ބުދަ 21:19
އަ ބޫ ޢަ ބްދުﷲ
ލިޔުމުގައި މިވަނީ ވަރަށް ބޮޑު އޮޅުވާލުމެއް. 1- ހުރިހާ ޢިލްމުވެރިންގެ އިއްތިފާޤުންނެއް ނޫން ޤައުމުތަކުގަ އެގޮތަށް ޖަމާޢަތް ހަދަނީ. އެ ޢިލްމުވެރިން ގެންނަވާ ދަލީލުތައް އިނގޭނަމަ ބިރުގަންނާނެ އަޅުކަމާ ތިގޮތަށް ކުޅެން. 2- ގައިދުރުކޮށް ތި ބެ ނުކުރެވޭނެ ކަމަށް ވިދާޅުވާ ޢިލްމުވެރިން ޙަޤީޤީ ލުއިފަސޭހައަށް ތަ ބާވަނީ. އެ ޢިލްމުވެރިން ވިދާޅުވަނީ ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑުވެއްޖެ ނަމަ، ގޭގަ ނަމާދު ކުރަން. ނުވަތަ މިސްކިތުގަ ވިޔަސް ޖަމާޢަތް ނެތް ވަގުތެއްގައި ގޮސް އެކަހެރިކޮށް ހުރެ ނަމާދުކުރަން. އެފަދައިން ދަލީލުތައް އައިސްފައިވަނީ. އަޅުކަމާ ކުޅޭކަށެއް ނޫން. މިޙާލަތުގަ ދުރުދުރުގަ ތި ބެގެން ޖަމާޢަތް ހަދަން ބުނާ މީހުން ޟަރޫރަތޭ ކިޔައިގެން އެދައްކާ ވާހަކައެއް ދެކޮޅު ނުޖެހޭ. ބަލަ ނުރައްކަލެއް އޮތް ނަމަ ގޭގަ ނުކުރަނީ ކީއްވެތޯ؟ ރަސޫލާ ދެއްވި ލުއީގަ ފުރިހަމައަށް ނުހިފަނީ ކީއްވެތޯ؟ ދުރުދުރޭ ކިޔައި އަޅުކަމާކުޅެ ޗަރުކޭސްތޯ ކުޅެން އެނގެނީ؟ މީހުން އެއްތަންވާނެ ޖަމާޢަތެއް ހަދަންޏާ ދުރުގަ ތިއް ބަސް. ކޮޅަކުން ކުރެ ކޮޅެއްގަ ލައްވާނުލާ ދެކޮޅުނުޖެހޭ.
5 އޯގަސްޓް 2020 | ބުދަ 18:13
ހަސަން
ގައިދު ރުކޮން ކިހިނެއް ހޭކުރާނީ ތިހާޖާގަ ބޮޑު މިސްކިތް ތަކެއްނެތް އެއްދޮރަކުން ހުރިހާމީހުން ވަންނަށް ޖެހޭނީ ކޮތާކު ދެން ހުކުރު ކުރަނީ މަގުމަތިތައް މިހާރު ވެސަ ފުރޭ ގައި ކައިރީގަ ކުރީމަ
5 އޯގަސްޓް 2020 | ބުދަ 18:11
ދީނުގަ އޮތް ގޮތް
ދީނުގަ އޮތީ މާރައްކާތެރި ގޮތެެއް މިސްކިތައް ނުގޮސް ގޭގަ ނަމާދުކުރަން އެގޮތް ބަދަލު ކުރަން ހާދަ ވަރެެއް އަރާލައިގެން މިއުޅެނީ ހަމައެކަނި އެމްޑީޕީ ޝެއިޙު
5 އޯގަސްޓް 2020 | ބުދަ 18:08
އައްޔައައްޔަ
ހާދަ އަސަރެއް ކޮށްގެން ތިއުޅެނީ ސަފު ނުހެދެންޏާގޭގަ ނަމާދު ކުރަން ޖެހެނީ ތަނެއްގަ މީހަކު ކުރީމަ ކުރަން ޖެހޭ ކަމެއްނޫން ދީނުގެ ކަންކަމަކީ ދެން ބުނޭ ހުރިހާގައުމަކު މިހާރު އެއްޖިންސުން ގުޅުން ހިންގައޭ މިގައުމުގަވެސް ހިންގޭނޭ
5 އޯގަސްޓް 2020 | ބުދަ 17:08
ހަސަނު
ތަނެއްގައި ފިތުނައެއް އުފެއްދެން އޮތްނަމަ ހުސައިން ރަޝީދު އުފައްދާނެ..