ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 08:59
އެންމެ ފަހުން ބޭއްވި ޝަރިއްޔަތުގެ އަޑުއެހުމުގައި އަދީބް ހައިކޯޓަށް ވަޑައިގަންނަވަނީ
އެންމެ ފަހުން ބޭއްވި ޝަރިއްޔަތުގެ އަޑުއެހުމުގައި އަދީބް ހައިކޯޓަށް ވަޑައިގަންނަވަނީ
މުހައްމަދު ފަޒީން
ކުރީގެ ނައީބް ރައީސް އަހުމަދު އަދީބް
އަދީބުގެ ބޭސްފަރުވާއާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްނެސްޓީގެ ސިޓީއެއް ރައީސަށް
 
އަދީބުގެ ބޭސްފަރުވާ އަށް ކުރީ ސަރުކާރުން ހުރަސްއަޅާފައިވާކަން އެމްނެސްޓީން ފާހަގަކުރި
 
ނިދަން ޖެހޭނީ މެޝިނެއްގެ އެހީގައި ކަމަށް އަދީބު ވަނީ ވިދާޅުވެފައި
 
ބޭސްފަރުވާގެ އިންތިޒާމު ހަމަޖެއްސުމަށް އެމްނެސްޓީން ގޮވާލި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ބޭސްފަރުވާއަށް ހުރަސް ނާޅާ އޭނާއަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލާ އެމްނެސްޓީ އިންޓަނޭޝަނަލް އިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފިއެވެ.

އަދީބުގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެމްނެސްޓީން ރައީސް ސޯލިހުއަށް ފޮނުވި ސިޓީގައި ބުނީ، އަދީބުއަށް ސިއްހީ ގޮތުން ދިމާވެފައިވާ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ހޯދޭނެ މައްސަލަތަކެއް ނޫންކަން މީގެ ކުރިންވެސް އޭނާގެ ވަކީލުން ކަރެކްޝަންސްއަށް އަންގާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އަދީބަށް ބޭސް ފަރުވާކުރުމުގެ ފުރުސަތު ދިނަސް އެއީ ރާއްޖެއިން ހޯދޭނެ ކަންތައްތައް ނޫން ކަމަށް އެމްނެސްޓީގެ ސިޓީގައި ބުންޏެވެ.

ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ދިނުމަކީ ޖަލު އަދި ޕެރޯލްގެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށާއި، ބޭސްފަރުވާ ފޯރުކޮށް ދިނުމަކީ ދުނިޔޭގެ މުއާހަދާތަކުން ދައުލަތަށް ލާޒިމްކުރާ ކަމެއް ކަމަށް އެމްނެސްޓީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ. ނަމަވެސް، އެ ދައުވާތައް ޖުލައި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ބާޠިލްކަމަށް ނިންމުމުން އަދީބު ހުންނެވީ މިނިވަން ވެފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް ދައުވާތަކުގެ ޝަރީއަތްތައް ނިމެންދެން، އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކުރިއެވެ.

ހައިކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބުގެ ފަރާތުން ފާހަގަކޮށްފައިވާ، އޭނާގެ ސިއްހީ ކަންކަން، އަދީބު ޖަލުގައި ހުންނައިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އޮންނަ އުސޫލްގެ ދަށުން ކުރަމުން ގެންދިއުމަށް ވެސް އަމުރުގައި ވެއެވެ.

އޭނާގެ ސިއްހީ ކަންކަމާމެދު އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އޭނާ ނިދަން ޖެހޭނީ މެޝިނެއްގެ އެހީގައި ކަމަށާއި، އޭނާގެ ލަންގްސް މައްސަލަ ހުރުމުންނާއި އަދި ނޭވާލަން އުދަނގޫވާތީ، ނިދަން ޖެހެނީ މެޝިނެއް ބޭނުންކޮށްގެން ކަމަށެވެ. އިތުރަށް ވިދާޅުވީ، އޭނާ ފިލި މައްސަލާގައި ހުކުމްކޮށް ހުކުމް ތަންފީޒުކޮށް މިނިވަންވެފައި ވާއިރު، އޭނާއަކީ "ތާއަބަދު" ފިލާނެ މީހެއްކަމަށް ދައުލަތުން ގަބޫލުކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް