ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 09:19
ފިލިޕީންސްގެ ބައެއް ސަރަހައްދުތަކުގައި އަންގާރަ ދުވަހުން ފެށިގެން ކާފިޔު ހިންގާނެ
ފިލިޕީންސްގެ ބައެއް ސަރަހައްދުތަކުގައި އަންގާރަ ދުވަހުން ފެށިގެން ކާފިޔު ހިންގާނެ
އޭއެފްޕީ
ކޮވިޑް-19 ފިލިޕީންސް
ނުކަތާވަރަށް ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރާއެކު ފިލިޕީންސް ދެވަނަ ލޮކްޑައުންއަކަށް
 
ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލާ ސިއްހީ އޮފިޝަލުން ރައީސް ޑުޓާޓޭއަށް ސިޓީއެއް ފޮނުވި
 
މިހާތަނަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ ލައްކައެއް ފަހަނައަޅާ ގޮސްފައި
 
އަންގާރަ ދުވަހު އެކަނިވެސް 6352 ކޭސް އެއް ރިޕޯޓްކުރެވުނު، އެއީ ރެކޯޑް އަދަދެއް

ފިލީޕިންސްގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ސިއްހީ ނިޒާމަަށް ނުކަތާވަރަށް ކޭސްތައް ގިނަވެދާނެކަމުގެ އިންޒާރާއެކު ދެވަނަ ފަހަރަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށްފިއެވެ.

ފިލިޕީންސް ސަރުކާރުން މި ނިންމުން ނިންމާފައިމިވަނީ، ކޭސްތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ އޮފިޝަލުން ފާޅުކޮށް، ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލާ ރައީސް ޑުޓާޓޭއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އަލަށް އެޅި ފިޔަވަޅުތަކާއި އެކު ވެރިރަށް މެނީލާ އަދި އެ ސަރަހައްދާ ގުޅިފައިވާ ހަތަރު ޕްރޮވިންސުގައި 14 ދުވަސް ވަންދެން ކާފިޔު ހިންގާނެއެވެ.

ފިލިޕީންސްއިން ރިޕޯޓްކުރެވުނު ކޮވިޑް ކޭސްތައް ލައްކައަކަށްވުރެ މައްޗަށް އަރާފައިވާއިރު، ޖޫން މަހުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ފިލިޕީންސް އޮތީ ލޮކްޑައުން ކޮށްފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ހާހެއްހާ ކޭސް ދަނީ އެ ގައުމުން ރިޕޯޓްކުރެވެމުންނެވެ. އަންގާރަ ދުވަހު ރިކޯޑް އަދަދަކަށް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދުވަހު އެކަނިވެސް 6352 ކޭސް އެއް ވަނީ ރިޕޯޓްކޮށްފައެވެ.

ފިލިޕީންސް ސަރުކާރުން ބުނީ، އިންފެކްޝަންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިޔައީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާއްމުން ބޯނުލަނބާތީވެ ކަމަށެވެ. މެނީލާގެ އިތުރުން އެހެނިހެން ސަރަހައްދު ލޮކްޑައުން ކޮށްފައިވާ ވަނީ ކުރު ނޯޓިސް އެއް ދިނުމަށް ފަހުއެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ވެރިރަށުން ބޭރަށް ދެވޭ ގޮތެއް ނެތި ވަނީ ތާށިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް