ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 01:24
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި ގިނަ އަދަދެއްގެ ކޯޓު ހުންނަ އިމާރާތް
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި ގިނަ އަދަދެއްގެ ކޯޓު ހުންނަ އިމާރާތް
ރާއްޖެއެމްވީ
ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު
ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ބަދަލުވުމަށް ޝަރުތު ހަމަ ނުވާ 10 މުވައްޒަފުންނަށް އިތުރު ގޮތްތަކެއް ހޯދައިދެނީ
 
ލޮކްޑައުންނާއި ގުޅިގެން އިތުރު ދުވަސްތަކަކަށް މަސައްކަތް ދިޔަ ގޮތް ބަލާފައިވޭ
 
10 މުވައްޒަފަކަށް 70 އިންސައިތައިގެ މާކްސް ލިބިފައި ނުވޭ

ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ބަދަލުވުމަށް ބޭނުންވާ، 70 އިންސައްތަ މާކުސް ނުލިބޭ 10 މުވައްޒަފެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ މުވައްޒަފުންނަށް އިތުރު ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭން މިހެން ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، ކޯޓުތަކުގެ އިދާރީ މަސައްކަތަކުގެ އޮނިގަނޑަށް ބަދަލުގެނެސް، އެ ޤާނޫނަށް އިތުރު ކުރެވުނު 1-21 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި، ޝަރުޢީ ކޯޓުތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އިދާރީ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ކޯޓުތަކަށް ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުން ހަމަޖެއްސާނެ ގޮތް އެކަށައަޅައި، 2019 އޮކްޓޫބަރު 20 ވަނަ ދުވަހު "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލުއެއް" އާންމުކޮށްފައިވާތީ އެ މަގާމަށް މުވައްޒަފުންތަކެއް އައްޔަންކޮށް ޝަރުތުހަމަ ނުވާ މުވައްޒަފުންތަކެއް ހިމެނޭތީއެވެ.

ޑީޖޭއޭ އިން ބުނީ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަޤާމުގައި ތިބި މުވައްޒަފުންނަށް ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްޢޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރެވުނުއިރު، އެ މަސްޢޫލިއްޔަތު ޙަވާލު ކުރެވެނީ ވަގުތީ ގޮތުން 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި، އަދި ވަގުތީ ގޮތުން ޙަވާލު ކުރެވޭ މުއްދަތުގެ ތެރޭގައި އެމުވައްޒަފުންގެ މަސައްކަތް ކުރިގޮތް ބެލުމަށްޓަކައި ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތަޢާރަފުކޮށް އެ ނިޒާމުގެ ތެރެއިން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވި، 70 އިންސައްތައަށްވުރެ ދަށުން މާކުސް ލިބޭ މުވައްޒަފުން ދޫކޮށްލެވޭނެ ކަމަށް، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލުގައި ބަޔާންކޮށް އާންމުކުރެވިފައިވާނެ ކަމަށެވެ.

އަދި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް، ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްޢޫލިއްޔަތު ޙަވާލުކޮށް މަސައްކަތް ކުރަމުން ދަނިކޮށް، ކޮވިޑް-19އާ ގުޅިގެން ކޯޓުތަކުގެ ހިންގުމަށް މަޑުޖެހުމެއް އައުމާއެކު، ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްޢޫލިއްޔަތު ވަގުތީ ގޮތުން ޙަވާލު ކުރެވުނު މުއްދަތު، ޖުލައި މަހުގެ ނިޔަލަށް އިތުރު ކޮށްފައިވާނެ ކަމަށެވެ. އަދި ބުނެވި ދިޔަ އުޞޫލުގައި ބަޔާން ކުރާގޮތަށް ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި "ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްޢޫލިއްޔަތާއި ވަގުތީގޮތުން ޙަވާލުވެ ތިބި ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގައިވާ ގޮތުގެ މަތީން ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމު މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭކަންކަން، ކޯޓު އެޑްމިނިސްޓްރޭޓަރުން އަދާކޮށްފައިވާ މިންވަރު ވަޒަން ކުރެވުނު ކަމަށެވެ.

މި އެޕްރައިޒަލް ނިޒާމަކީ، ވަށައިޖެހޭ ނިޒާމެއްކަމުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާފައިވަނީ، ކޯޓުގެ އެހެން ފަނޑިޔާރުންނާއި ހިންގުމާއި ޙާވާލުވެ ހުންނަވާ ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، އެ ޑިޕާޓްމަންޓުގެ ސެކްޝަންތަކުގެ ވެރިންނާއި، ކޯޓުގެ މުވައްޒަފުންނާއި، ކޯޓުން ޚިދުމަތް ހޯދާ ޢާއްމު ފަރާތްތަކާއި އަދި ޚުދު އެފަރާތެއްގެ މަސައްކަތުގެ ފެންވަރު ބަލާ ފަރާތް ވެސް ހިމެނޭހެން ފުރި ފޯމްތަކެއްގެ މައްޗަށް ބަލައި އެފަރާތްތަކުން ދޭ މާކްސްތަކުގެ މައްޗަށް ކަމަށް ބަޔާނުގައިވެއެވެ.

އެ ނިޒާމު ބޭނުންކޮށްގެން ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ބަދަލުވުމަށް ބޭނުންވާ، 70 އިންސައްތަ މާކުސް ނުލިބޭ 10 މުވައްޒަފުންނަށް 2019 އޮކްޓޫބަރު 20ވަނަ ދުވަހު އެ ޑިޕާޓްމަންޓުން، އާއްމުކޮށްފައިވާ "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު" ގައިވާ ގޮތަށް، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގައި ބަޔާންކުރާ ނޯޓިސް ދިނުމާއެކު، އެ ޤަވާޢިދުގެ 96 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، އެކަށީގެންވާ އެހެން ވަޒީފާ އެއް ޝަރުޢީ ދާއިރާއިން ހަމަޖެއްސޭތޯ ބަލައި، އެފަދަ ވަޒީފާ އެއް ހަމަޖެހެން ނެތްނަމަ، އެ މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް