އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އިންޑިއާގެ އެހީ

މިފްކޯގެ ފެސިލިޓީތައް އެކްސްޕޭންޑް ކުރަން 17.5 މިލިއަން ޑޮލަރު އެހީއެއް

  • 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖެއަށް އެންމެ ފައިދާކުރުވާނޭހެން،
  • ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅާ، އިންޑިއާ ސަރުކާރުން އެޕްރޫވް ކޮށްފައިވާ މަޝްރޫއުތަކެއް

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 23:19 | 2,829

މިފްކޯގެ ދަށުން ހިންގާ ފެލިވަރު މަސް ފެކްޓްރީ - ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ސަރުކާރުގެ އެދުމަކަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް އެކްސްޕޭންޑް ކުރުމަށް 17.5 މިލިއަން ޑޮލަރު އެހީ ދިނުމަށް ނިންމައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މަސްވެރިކަމަށް ކަނޑައަޅައިފައިވާ 17.5 މިލިއަން ޑޮލަރުގެ މާލީ އެހީގެ ދަށުން ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކަލެކްޓްކޮށް ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީ ގާއިމުކޮށް ޓޫނާ ކުކްޑް ލޮއިންސް ޕްލާންޓަކާއި، ފިޝްމީލް ޕްލާންޓެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ގއ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރުމާއި 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ކޮންސަލްޓެންޓުން ކަންޑައަޅާނީ ދިވެހި ސަރުކާރުން ކަމަށް ބަޔާނުގައިވެއެވެ.

ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހޮވުމުގެ މަރުހަލާ އަކީ ދެ ފުށް ފެންނަ ގޮތަށް ދެ ޤައުމުގެ އެއްބާރުލުންލައިގެން ކުރިއަށްގެންދާނެ މަރުހަލާއެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މަޝްރޫއުގެ މަސައްކަތުގެ ޓެންޑަރތައް ހަވާލު ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ.

އިންޑިއާ އެމްބަސީ އިން އިތުރަށް ބުނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖެއަށް އެންމެ ފައިދާކުރާނެހެން 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް 5 އަހަރުގެ މޮރިޓޯރިއަމް އަކާއި އެކުގައެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅާ، އިންޑިއާ ސަރުކާރުން އެޕްރޫވް ކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުންދާ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމެއް ކަން އިންޑިއާއިން ގަބޫލުކުރެއެވެ. އަދި މިފަދަ މަޝްރޫތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެތަށް ކުރިއެރުންތަކެއް ލިބޭނޭ ކަމަށް ގަބޫލުކުރެއެވެ. އެގޮތުން އާ މާކެޓްތަކެއް ހުޅުވި، މަސް ކަލެކްޓްކޮށް ބެހެއްޓުމުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުވެ، ކަލެކްޝަން އޮޕްރޭޝަންތަކުގެ އެފިޝެންސީ އިތުރުވެ، އައިސް ޕްލާންޓްތައް އަޕްގްރޭޑް ކުރެވި، މަސްވެރިކަމުން އާމްދަނީ ލިބޭ މަގުތަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫތަކުގެ އިތުރުން އައްޑޫ ސިޓީ، ކާށިދޫ އަދި ގާފަރުގައި އިންޑިއާގެ އެހީގެ ދަށުން ގާއިމްކުރެވޭ އެކި ޕްލާންޓްތަކުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ މަސްވެރިކަމުގެ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.