ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ޑުބާއި ކުރައުން ޕްރިސް

ޑުބާއި ކުރައުން ޕްރިންސްގެ އަގުބޮޑު ކާރުކޮޅު ދޫންޏެއް ހާލި ހެދެމަށް ދޫކޮށްލައްވައިފި

  • ދޫނި ހާލި ހަދާފައިވަނީ ކާރުގެ ވިންޑްޝީލްޑް މަތީގައި
  • ޕްރިންސްވަނީ މީހުނަށް ކައިރި ނުވެވޭގޮތަށް ކާރު ވަށައިގެން ޓޭޕް ދަމާފައި
  • ޕްރިންސްގެ މި އަމަލު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައި

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 19:32 | 25,208

ޑުބާއީ ކްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކާރުކޮޅު - ޚަލީޖް ޓައިމްސް

ޑުބާއީ ކްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަގުބޮޑު ކާރުކޮޅު މާސިޑީސް އެސްޔޫވީ ދޫންޏެއް ހާލި ހެދުމަށް ދޫކޮށްލައްވައިފިއެވެ.

ޚަލީޖް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕްރިންސްގެ ކަރުކޮޅު ނުދުއްވާ ބޭއްވުމަށް ނިންމަވާފައި ދޫންޏެއް އެކާރުކޮޅުގެ ވިންޑްޝީލްޑްގައި ހާލި ހެދުމާއި ގުޅިގެންނެވެ.

ޓްވިޓާރ ގައި ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުޑަ ދޫންޏެއް ޕްރިންސްގެ ކާރުކޮޅުގެ ވިންޑްޝީލްޑްގައި ހާލި ހަދައި ބިސްއަޅައިގެން، ހާލީގައި ހަމަޖެހިލައިން އިންނަ މަންޒަރު ފެނިގެންދެއެވެ.

އެހެންކަމުން ޝެއިޚް ހަމްދާންވެސް ވަނީ ދޫންޏަށް އުނދަގޫ ނުކުރެއްވުމަށް ނިންމާވާފައެވެ. އަދި އެހެން އުޅަނދުތަކާއި މީހުންގެ އުނދަގޫ ފޯރުވިޔަ ނުދިނުމަށްޓަކައި ޕްރިންސް ވަނީ ކާރު ކޮޅުގެ ވަށައިގެން ރަތް ޓޭޕް ދަމާފައެވެ.

ޑުބާއީ ކްރައުން ޕްރިންސް ދޫންޏަކަށް ރައްކައުތެރިން ދެއްވާފައިވާއިރު، ޕްރިންސްގެ މި އަމަލު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

އަދި އެކަމަށްޓަކައި ޕްރިންސަށް ތައުރީފުކޮށް ގިނަ ބަޔަކު ދަނީ ޝުކުރު އަދާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.