ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
މާސްކު އެޅުން މަޖުބޫރުކުރުން

ކޮވިޑް-19 ފެނުނު 10 ރަށުގައި މާސްކު އެޅުން މަޖުބޫރުކޮށްފި

  • ދިގު ދަތުރުތައް ކުރާނަމަ ދަތުރުމަތީގައި މާސްކް އެޅުން މަޖުބޫރު
  • ރަށްރަށުގައި ފޮތި މާސްކު މިހާރުން ފެށިގެން ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައި

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 17:43 | 19,981

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް. ރަށްރަށުގައި ދިރިއުޅޭ މީހުން މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައި - ޖޯންސްއެރައުންދަވޯލްޑް.ކޮމް

އަތޮޅުތެރެއިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ ދިހަ ރަށުގައި މާސްކު އެޅުން މަޖުބޫރު ކޮށްފިއެވެ.

ކޮވިޑް-19 ފެނިފައިވާ ރަށްތަކަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ. ކަމަދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށީގެ އިތުުރުން ވ. ފުލިދޫއެވެ.

އަންގާރަ ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސީ ޕްލޭނިންގެ އެންޑް އިންޓަނޭޝަނަލް ހެލްތްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ މާލެ ފިޔަވާ އަތޮޅުތެރެއިން މިވަގުތު ދިހަ ރަށެއްގައި ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެރަށްތަކުގައި ދިރި އުޅޭ ރައްޔިތުން ފޮތި މާސްކް އެޅުން މަޖުބޫރު ކަމަށެވެ.

ރަށްރަށަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން މާލެ އިން ރަށްރަށަށްދާ ފަރާތްތަކުން ދިގު ދަތުރުތައް ކުރާނަމަ ދަތުރުމަތީގައި މާސްކް އެޅުން މަޖުބޫރު ކަމަށެވެ.

މިހެން ދަންނަވައިރުވެސް އިނގޭ މާސްކް ލިބުމުގައި ދަތިތަކެއް ހުންނާނެތީވެ، އަޅުގަނޑުމެން ހެލްތް ދާއިރައިން ރިކޮމެންޑް މި ކުރަނީ މާސްކް އެޅުމުަގއި ފޮތި މާސްކް ބޭނުން ކުރެއްވުމަށް.

~ އައިޝަތު ސާމިޔާ

ސާމިޔާ ވިދާޅުވީ ފުރަބަންދު ކަރަންޓީންގައި ގިނަ އަދަދެއްގެ މީހުން މާލެ އިން ރަށްރަށަށް ގޮސްފައިވާ ކަމަށާއި ބަލި އަދި ދެނެނުގަނެވި ހުރުމަކީ ވެސް އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ރައްކައުތެރިވުމުގެ ގޮތުން ރަށްރަށުގައި ފޮތި މާސްކު މިހާރުން ފެށިގެން ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.