ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 14:01
ބަރޮހުގެ ހިތްގައިމު ކަމާއި ހިތްފަސޭހަކަން ދައްކައިދޭ މަންޒަރެއް
ބަރޮހުގެ ހިތްގައިމު ކަމާއި ހިތްފަސޭހަކަން ދައްކައިދޭ މަންޒަރެއް
ބަރޮސް
ރިސޯޓުތައް އަލުން ހުޅުވުން
ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓް ބަރޮސް – އޮކްޓޯބަރ 1 ގައި އަލުން ހުޅުވަނީ
 
ޓްރިޕްއެޑްވައިޒަރ 2020 ގެ ޓްރެވަލާސް ޗޮއިސް އެވޯޑްވެސް ހޯދާފައިވަނީ ބަރޮހުން

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވާ ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ މަގާމް ޖެހިޖެހިގެން ފާއިތުވި 7 އަހަރު ހޯދާފައިވަ ބަރޮސް އައިލެންޑް ކޮވިޑްގެ ސަބަބުން ބަންދު ކުރުމަށް ފަހު އޮކްޓޯބަރ1 ގައި ހުޅުވާ ގޮތައް ހަމަޖައްސައިފި ކަމަށް ބިޒްނަސް އިންސައިޑަރ އިން ބުނެފިއެވެ.

ކޮވިޑްގެ ސަބަބުން އޭޕްރީލް މަހު ބަންދު ކުރި ބަރޮސް އައިލެންޑް އިން ވަނީ ޓްރިޕްއެޑްވައިޒަރ 2020 ގެ ޓްރެވަލާސް ޗޮއިސް އެވޯޑްވެސް ހޯދާފައެވެ.

ފަތުވެރިންނަށް ހިތްހަމަޖެހޭ ފަދަ ފުރިހަމަ އެތައް ވަސީލަތްތަކެއް އެކުލެވޭ ބަރޮހުގައި ހުންނަނީ 75 ވިލާ އެވެ.

ކޮވިޑްގެ ސަބަބުން ބަންދުކުރުމަށް ފަހު އަލުން ހުޅުވޭ އިރު ފަތުރުވެރިންނަށް ޚާއްސަ ރޭޓެއް އެ ރިސޯޓުން ވަނީ ހަމަޖައްސާފައެވެ. އެއީ ޑިލަކްސް ވިލާ އެއް ރެޔަކަށް 502 ޑޮލަރެވެ. އެހެން ނަމަވެސް ބަރޮހުގެ އަގުބޮޑު ލަގްޒަރީ ވިލާއެއްގައި ރެޔެއް ހޭދަކޮށްލުމަށް 1550 ޑޮލަރު ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބިޒްނަސް އިންސައިޑަރ އިން ބުނެފައިވެއެވެ.

އަލުން ރިސޯޓް ހުޅުވޭ އިރު ކޮވިޑް އިން ރައްކާތެރި ވުމަށް ސިއްހީ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެ ރިސޯޓުން ބުނެފައިވެއެވެ. ގެސްޓަކު ހުންނަ ކޮޓަރި އެއް ހުސްވާ ފަހުން 48 ގަޑީއިރު ވަންދެން އެ ކޮޓަރި އަކަށް އެހެން ގެސްޓަކު ނުވައްދާ ބެހެއްޓުމަށް ހަމަޖައްސާފައި ވުމުގެ އިތުރުން، މުވައްޒަފުން މާސްކް އެޅުމާއި، އަންގި ލެއްވުމާއި، ކޮންމެ ދުވަހަކު ޓެމްޕަރޭޗަރ ބަލާ ގޮތައްވެސް ވަނީ ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް