ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 14:00
ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން
ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
ސަންޗޯ ޔުނައިޓެޑަށް ބަދަލުވުން
ސަންޗޯ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް
 
ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ
 
ސަންޗޯ 110 މިލިއަން ޕައުންޑަށް ވިއްކާލަން ޑޯޓްމުންޑުން ވަނީ އެއްބަސްވެފައި

ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 20 އަހަރުގެ ސަންޗޯ 110 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން މިހާރު ވަނީ އެއްބަސްވެފައެވެ. އެގޮތުން ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިއަން ޕައުންޑް އެއްފަހަރާ ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ އަދަދު އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ދެއްކުމަށް ޑޯޓްމުންޑުން މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ޑީލް ކުރިއަށްގެންދާއިރު، ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 85 މިލިއަން ޕައުންޑް ދައްކަން ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސަންޗޯއަށް ޔުނައިޓެޑުން ބޮޑު ޚަރަދެއް ކުރާއިރު، އެ ކްލަބުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް ހިލޭ ދޫކޮށްލުމަށްވެސް ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކު 14 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭ ގޮތަށެވެ. އެގޮތުން އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓައަށް ކުޅެމުން ދިޔަ ނަމަވެސް، އޭނާގެ މުސާރައިގެ ބޮޑުބައެއް ދައްކަމުން އައީ ޔުނައިޓެޑުންނެވެ. އެހެންކަމުން ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރަން އިންޓައިން މަސައްކަތް ކުރަމުން އަންނާތީ، އޭނާ އިންޓައަށް ދޫކޮށްލަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް