ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 13:48
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ރާއްޖެޓީވީ އިން މިނިވަންދުވަ9\\ލ
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ރާއްޖެޓީވީ އިން މިނިވަންދުވަ9\ލ
ރާއްޖެއެމްވީ
ރާއްޖޭގެ ތަރިކަ
އުއްމީދަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގައި ހުރި ތަރިކަތައް ވާރލްޑް ހެރިޓޭޖް ލިިސްޓަށް އެރުވުން: ތޯރިޤް
 
މި ޕްރޮޖެކްޓްގައި އެންމެ އިސްކޮށް އުޅުއްވަނީ މައުރޫފް ޖަމީލް
 
މި މަސައްކަތް ކުރަނީ މިނިސްޓްރީއާއި ވަރލްޑް މޮނިއުމެންޓް ފަންޑާއި ގުޅިގެން

އުއްމީދަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގައި ހުރި ތަރިކަތައް ވާރލްޑް ހެރިޓޭޖް ލިިސްޓަށް އެރުވުން ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތޯރިގް ވަނީ ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމާއި ގުޅޭގޮތުން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ތަރިކަތަށް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތް ކުރަމުން އަންނަނީ މިނިސްޓްރީއާއި ވާރލްޑް މޮނިއުމެންޓް ފަންޑާއި ގުޅިގެންނެވެ.

އަމާޒަކީ 2022 ނުވަތަ 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ތަނެއް ދިވެހި ރާއްޖެއިން މި ދެންނެވި ކަހަލަ ތަރިކައެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް

އެ ލިސްޓުގައި ރާއްޖޭގައި ހުރި ތަރިކަތަށް ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރ ވަނީ ވަރލްޑް މޮނިއުމެންޓްގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރައްވާ، މި ޕްރޮޖެކްޓްގައި އެންމެ އިސްކޮށް އުޅުއްވާ މައުރޫފް ޖަމީލަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރާއްޖޭގެ އާސާރީ ތަންތަނާއި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން، ވިލާތުގެ އިއްތިހާދާއި ގުޅިގެން ވެބްސައިޓެއްވެސް ވަނީ އާއްމުކޮށްފައެވެ. މި ވެބްސައިޓާއި ގުޅިގެން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެފައިވަނީ މިފަދަ ވެބްސައިޓެއް ގާއިމްކުރެވި އާންމުންނަށް އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަކެއް ހިމެނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބާރެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް