ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑު ޖެހުނު ކުޑަކުއްޖަކަށް ފަރުވާދިނުން

ކޮވިޑު ޖެހިގެން 1 މަހުގެ ކުއްޖަކަށް ފަރުވާދެނީ

  • ޑޭޝްބޯޑުން ދައްކާގޮތުންނަމަ 10 އަހަރުން ދަށުގެ 210 ކުޑަކުދިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ
  • ކުއްޖާ އެޑްމިޓްކޮށްފައިވަނީ ވަރަށް ބޮޑަށް ހުން ގަދަވުމުން

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 13:07 | 3,445

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - ރާއްޖެއެމްވީ

ކޮވިޑް-19 ޖެހުނު އެއް މަހުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަހުމަދު ފައިސަލް ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެއް މަހުގެ ކުޑަކުއްޖަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ކުއްޖާ އެޑްމިޓްކޮށްފައިވަނީ ވަރަށް ބޮޑަށް ހުން ގަދަވުމުން ކަމަށް ވިދާޅުވެފަ އެވެ. ކުއްޖާ ޑީހައިޑްރޭޓް ވެފައިވާކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އެކުއްޖާއަށް ގާތުން ދިނުމުގައިވެސް އުނދަގޫތަކެއް ހުރި ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުން ދައްކާގޮތުންނަމަ 10 އަހަރުން ދަށުގެ 210 ކުޑަކުދިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 94 އަންހެން ކުދިންނާއި 116 ފިރިހެން ކުދިން ހިމެނެއެވެ. އަދި 11 އަހަރާއި 20 އަހަރާއި ދެމެދުގެ 239 ކުއްޖަކަށް ބަލި ޖެހުނު ކަމަށް ދައްކާއިރު މީގެ ތެރޭގައި 114 އަންހެން ކުދިންނާއި 125 ފިރިހެން ކުދިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.