އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ޖެނެރަލް ސެކްރެޓަރީގެ މަގާމު މުންތަގިމަށް

އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަނެއްކާވެސް މުންތަގިމަށް

  • މުންތަގިމް ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ ހުރިހާ މެންބަރުންގެ އިއްތިފާގުން
  • މިއީ ޖެނެރަލް ސެކްރެޓަރީގެ މަގާމު މުންތަގިމްއާ ހަވާލުކުރި ހަތަރުވަނަ ދައުރު
  • އޭނާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 12:47 | 1,760

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިންވެސް އެ މަގާމު ފުރުއްވަމުން އައި އަޙްމަދު މުންތަގިމް އައްޔަން ކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެތލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވިއިރު، ތިންވަނަ ދައުރަކަށް މުޙައްމަދު ތޮލާލް ވަނީ އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެއާއެކު ހޯމަ ދުވަހު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން މުންތަގިމް ވަނީ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައެވެ.

މިއީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު މުންތަގިމްއާ ހަވާލުކުރި ހަތަރުވަނަ ދައުރެވެ. އޭނާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުންނެވެ.

މުންތަގިމް އަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފުރީ ފާސް ހާސިލް ކޮށްފައިވާ ހަމައެކަނި ދިވެހި ރެފުރީއެވެ. މުންތަގިމް ވަނީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އިންސާފު ކޮށްދެއްވާފައެވެ. އެގޮތުން ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އިންސާފު ކޮށްދެއްވާފައެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވިއިރު، މި އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މީގެ ކުރިންވެސް އެ މަގާމު ފުރުއްވަމުން އައި އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުސްތަފާ މުޙައްމަދެވެ.

އަދި މި އިންތިޚާބުގައި އިތުރު ތިން މެމްބަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ މިހާރުވެސް އެ މަގާމުގައި އަދާކުރަމުން އަންނަ މުހައްމަދު ޝުޖާއު (މޯޑް) އާއި، އަލަށް ވާދަކުރި ހުސެއިން އަމީން ނަސީރުގެ އިތުރުން ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އެވެ. މީގެ އިތުރުން އަންހެން މެންބަރު ކަމަށް އިންތިޚާބުވެވަޑައިގަތީ ޔާސްމީން އަބްދުﷲ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.