ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ހަގުނަ އިތުރު ވެފައިވާކަން ސަރވޭއަކުން ހާމަވެއްޖެ

  • އިޓަލީގެ އުތުރު ސަރަހައްދެއް ކަމަށްވާ ލޮމްބާޑީން 7.5 އިންސައްތަ މީހުންނަށް ވައިރަސް ޖެހިފައިވޭ
  • އިޓަލީގެ 1.5 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާކަން ވަނީ ހާމަވެފައި
  • އިޓަލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 248،229 މީހުން އެބަތިބި

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 12:56 | 3,488

އިޓަލީގައި ވައިރަސް ހަށިގަނޑުގައި ހުރިތޯ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ - ރޮއިޓަރސް

އިޓަލީގެ 1.5 މިލިއަން މީހުން ނުވަތަ އިޓަލީގެ އާބާދީގެ 2.5 އިންސައްތަ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19 ގެ އެންޓިބޮޑީސް ހުރިކަމަށް އެގައުމުގައި ކުރިޔަށް ގެންދިޔަ އެންޓިބޮޑީސް ޓެސްޓަކުން ހާމަވެއްޖެ އެވެ.

މިޓެސްޓްގެ ނަތީޖާއަށް ބަލާ އެގައުމުގެ ސްޓެޓިކް އެޖެންސީން ކުރިޔަށްގެންދިޔަ ސަރވޭއަކުން ދައްކާގޮތުގައި މިއީ އެގައުމުގައި ވައިރަސް ޖެހިގެން މިހާތަނަށް ހާމަކޮށްފައިވާ އަދަދުގެ ހަގުނަ މަތީ އަދަދެކެވެ. މިއެންޓި ބޮޑީ ޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ 64،660 މީހުންގެ އެވެ.

އިޓަލީން މިހާތަނަށް ހާމަކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިޓަލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 248،229 މީހުން އެބަތިބި އެވެ. އަދި މިހާތަނަށް އައިއިރު 35،166 މީހުން ވަނީ މަރުވެފަ އެވެ.

މިސަރވޭއިން ހާމަވިގޮތުގައި އެންމެ ފުރަތަމަ ވައިރަސް ފެނުނު އިޓަލީގެ އުތުރު ސަރަހައްދެއް ކަމަށްވާ ލޮމްބާޑީން 7.5 އިންސައްތަ މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި ދެކުނުގެ ސަރަހައްދު ކަމަށްވާ ސިސިލީން ވައިރަސް ޖެހިފައިވަނީ އެސަރަހައްދުގެ އާބާދީގެ 0.3 އިންސައްތަ މީހުންނަށް ކަމަށް މިސަރވޭއިން ދައްކަ އެވެ.

މިސަރވޭއިން ހާމަވާގޮތުގައި އެންޓިބޮޑީސް ހުރި މީހުންގެ 30 އިންސައްތަ މީހުންގެ ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ ނިޝާނެއް ނުފެނެއެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ނޭންގި ވައިރަސް ފެތުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.