ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ޖޭއެސްސީ

ޖޭއެސްސީން ފޯރުކޮށްދޭ ހިދްމަތްތައް ވެސް މި ހަފްތާގައި އޮންލައިކޮށް ފޯރުކޮށްދޭން ނިންމައިފި

  • ހިދްމަތެއް ބޭނުންވެގެން މެސެޖް ކުރަންވީ ނަމްބަރު 7821400

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 13:04 | 1,600

ޖޭއެސްސީ - ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ފޯރުކޮށްދޭ ހިދްމަތްތައް މިހަފްތާގައި އޮންލައިންކޮށް ފޯރުކޮށް ދިނުމަށް އެކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި އޮގަސްޓް މަހުގެ 4 އިން 6 އަށް އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ނިންމައި، އޮންލައިންކޮށް ދެވެންހުރި ހިދްމަތްތައް އޮންލައިން މެދުވެރިކޮށް ދިނުމަށް ނިންމެވުމާގުޅިގެން، ޖޭއެސްސީގެ މަސައްކަތްތައް މެދުނުކެނޑޭނެގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އޮންލައިންކޮށް ދެވެންހުރި ހިދްމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އާންމު ފަރާތްތަކުން، ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޖޭއެސްސީގެމެއިލްއަށްފޮނުވުމުން ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޖެމްސް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޒަރިއްޔާއިން ކޮމިޝަނަށް ފޮނުވާ ލިޔެކިޔުންތައް ވެސް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ޖޭއެސްސީން ބުނީ، ކޮމިޝަނަށް ގުޅުއްވަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ މޮބައިލް ފޯން ނަމްބަރު 7821400 އަށް ބޭނުންވާ ހިދްމަތެއް މެސެޖެއް ކޮށްލެވުން އެދޭ ކަމަށެވެ. އަދި އެ މެސެޖްގައި ހިދްމަތް ބޭނުންފުޅުވާ ފަރާތުގެ އީމެއިލް އެޑްރެސް އަދި ނަން ހިމެނުއްވުމުން އެދޭ ކަމަށެވެ. އެގޮތަށް ފޮނުވާ މެސެޖަށް ޖެހިގެން އަންނަ ދުވަހުގެ 15:00ގެ ކުރިން ޖޭއެސްސީގެ އޮފިޝަލަކު މެސެޖްކުރެއްވި ފަރާތަށް ގުޅާނެ ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

ޖޭއެސްސީއަކީ، އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ ޝަރުއީ ކޯޓުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ އޮތް ކޮމިޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.