ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ޓުއަރިޒަމް މިނިސްޓަރަކު އައްޔަނުކުރުން

އައު ޓުއަރިޒަމް މިނިސްޓަރަކު އައްޔަނުކުރާނެ ތާރީހެއް އަދި ނޭނގޭ: ހޫދު

  • ވުޒާރާ ހިންގަވާނެ ބޭފުޅަކު ނެތުމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައި
  • މިނިސްޓަރކު އައްޔަނުކުރާނެ ތާރީހަކާއި ބެހޭ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ
  • ބޯޑަރު ހުޅުވިތާ 17 ދުވަސްތެރޭ ރާއްޖެއައީ 1769 ފަތުރުވެރިން

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 12:56 | 3,874

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު - ރައީސް އޮފީސް

ހުސްވެފައިވާ ޓުއަރިޒަމް މިނިސްޓަރކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާނެ ތާރީހެއް އަދީ އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ، މިނިސްޓަރކު އައްޔަނުކުރާނެ ތާރީހަކާއި ބެހޭ މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ. އަދި އެ މައުލޫމާތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަަށްވެސް ހޫދު ވިދާޅުވި އެވެ.

ހޫދު މިހެން ވިދާޅުވެފައިވަނީ، ކޮވިޑް-19 ބަލި ރާއްޖޭގައި ފެތުރުމާއި ގުޅިގެން ގިނަ މަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރިސޯޓުތައް ހުޅުވި އެ ވުޒާރާ ހިންގަވާނެ ބޭފުޅަކު ނެތުމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ މިނިސްޓަރ، އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރަަކަމުން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އަލީ ވަހީދު ވަކިކުރެއްވުމާއި ގުޅިގެން، ޓޫރިޒަމް މިނިސްޓްރީ މިހާރު ހިންގަވަމުންގެންދަވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ބެއްލެވުމުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ވަޑައިގަންނަވާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ބޭފުޅުންގެ ލިސްޓުތައް އެކިގޮތްގޮތަށް ދައުރުވާއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ އެއް ބޭފުޅަކީ ކުރިންވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑރ. އަބްދުﷲ މައުސޫމް އެވެ. މައުސޫމަކީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މަރިޔަމް ޒުލްފާ އާއި، ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރ ކެރަފާ ނަސީމާއި، ވިލާ ކުންފުނީގައި އިސްކޮށް މަސައްކަތްކުރައްވާ މޫސާ މުރާދުވެސް މި ލިސްޓުތަކުގައި ހިމެނިވަޑައިގަންނަވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.