ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 12:42
ވ. ފެލިދޫ ބަނދަރު
ވ. ފެލިދޫ ބަނދަރު
އެމްޓީސީސީ
ފެލިދޫ ބަނދަރު ހެދުމުގެ މަޝްރޫއު
ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިއްޖެ
 
އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020
 
މަޝްރޫއުގެ އަގަކީ 5.18 މިލިއަން ރުފިޔާ

ވ. ފެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިއްޖެއެވެ.

މި މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ޖުލައި މަހުގެ 30 ވަނަ ދުވަހު މި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 05 ސެޕްޓެމްބަރ 2019 ގައެވެ. ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 5.18 މިލިއަން ރުފިޔާއެވެ.

އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020 ގައި 30 ޑިސެމްބަރ 2019 ގައި އީއައިއޭ ހުއްދަ ހޯދުމަށް ފަހުއެވެ.

އެމްޓީސީސީން ބުނީ ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ސަރަހައްދެއްހައި ބޭރު ތޮއްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިންގާފައިވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް