ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 10:57
އިމާދުއްދީން ސްކޫލް
އިމާދުއްދީން ސްކޫލް
ރާއްޖެއެމްވީ
ސްކޫލްތައް އަލުން ފެށުން
ކުރިޔަށް އޮތް ދެ ހަފްތާ މާލެ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް!
 
ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، ނިންމުން މުރާޖަޢާ ކުރާނެ
 
އޮގަސްޓް މަހު 9 ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި

ކޮވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން، ކުރިއަށް އޮތް ދެހަފްތާއަށް (9 އޮގަސްޓުން 19 އޮގަސްޓް އަށް) މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިކަމާއި ގުޅިގެން އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މި ނިންމުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީމާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 ން 12) އަށެވެ. މީގެ އިތުރުން ކީ ސްޓޭޖް3 (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފެށުމަށް ވަނީ އިޢުލާން ކުރެވިފައެވެ. ޢީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ މި ހިނގާ އޮގަސްޓްމަހުގެ 9 ވަނަ ދުވަހެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ސްކޫލްތައް އަލުން ބަންދުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިވަނީ ނިންމާފަ އެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ޞިއްޙަތަށް ކަމުގައިވާތީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށްރިޢާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކޭ ކަމަށެވެ. ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހަނދާކޮށްދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް