ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 10:56
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް
ސަރުކާރު ބަންދުވިޔަސް އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް އޮންލައިން މެދުވެރިކޮށް ޚިދުމަތްދޭނެ
 
އޮންލައިން ޚިދުމްތައްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެދޭ ފަރާތްތަކުން އީމެއިލް ކުރުމަށް ވަނީ އެދިފައި
 
ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް

އޮގަސްޓް މަހުގެ 4ން 6ށް ސަރުކާރު އޮފީސް ތައް ބަންދުކުރުމަށް ނިންމާފައިވާތީ އެމުއްދަތުގައި އެކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ދެމުންގެންދާނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

އެކަމާއި ގުޅިގެން އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އޮންލައިންބިޒްނަސް ޕޯޓަލްމެދުވެރިކޮށް ކަމަށެވެ. މީގެއިތުރުން އޮންލައިން ޚިދުމްތައްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެދޭ ފަރާތްތަކުންއީމެއިލްކުރުމުން ޚިދުމަތް ލިބޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ އެކަން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ލޮކްޑައުންކޮށްފައި އޮތްއިރުވެސް މިނިސްޓްރީ ތަކުން ވަނީ އޮންލައިން މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުން ގޮސްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް